އާދިއްތަ ދުވަހުގެ ރޭގެ މެޗުގައި ކުރިން ލަނޑު ޖަހައި ކުރި ހޯދީ ކެރެލާ ބްލާސްޓައިންނެވެ. ކެރެލާއިން އެ ޓީމުގެ ފުރަތަމަ ގޯލު ސަތާރަވަނަ މިނިޓްގެ ތެރޭގައި ޖަހާފައިވަނިކޮށް، ބެންގަލޫރުން އެއްވަރު ކުރީ ބިދޭސީ ފޯވާޑެވެ. އޭގެ ފަހުން އެރިކް ޕާޓަލޫއާ ޑިމާސް ޑެލްގާޑޯގެ ގޯލްތަކުން ބެންގަލޫރުން ތިން ލަނޑު ޖަހާފައިވަނިކޮށް އަނެއްކާވެސް ކެރެލާއިން ލަނޑެއް ޖަހައި ފަރަގު ކުޑަކުރިއެވެ.
އާދިއްތަ ދުވަހުގެ މެޗުގައި ބެންގަލޫރުގެ ފަހު ގޯލް ޖެހީ ކެޕްޓަން ސުނިލް ޗެތްރީއެވެ. އޭނގެ ކުރިން ޗެތްރީ އަތުންވަނީ ޕެނަލްޓީ އެއް މި މެޗުގައި މިސްވެފައެވެ. ކެރެލާ އަތުން ހޯދި ތިން ޕޮއިންޓާ އެކު ބެންގަލޫރު ޓޭބަލްގެ ހަތަރުވަނައަށް އެރީ ފަސް މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ.