ads
ސިޓީ ގްރޭންޑް
މާލޭ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވައިފި
މާލޭ ސަރަހައްދުގެ 15 ގެސްޓްހައުސެއް އަލުން ހުޅުވައި، ހިދުމަތްދޭން ފަށައިފި އެވެ.

މާލޭ ސަރަހައްދުގައި ގެސްޓްހައުސްތައް ހުޅުވާފައިވަނީ ކޮވިޑް-19 ގެ ސަބަބުން ގެސްޓްހައުސްތައް ބަންދުކޮށްފައި ހުންނަތާ ނުވަ މަސް ފަހުންނެވެ.

މިއަދު މާލޭ ސަރަހައްދުގެ 15 ގެސްޓްހައުސެއް އަލުން ހުޅުވާފައިވާ އިރު، ސަރުކާރުން ވަނީ މާލޭގައި ގެސްޓްހައުސްތައް ހިންގާނެ ވަކި ހާއްސަ އުސޫލުތަކެއް ކަނޑައަޅައިފަ އެވެ.

ގެސްޓްހައުސްތައް މާލޭ ސަރަހައްދުގައި ހުޅުވައިލަން ހުއްދަ ދިން ނަމަވެސް، އެ ވިޔަފާރިތައް ކުރާ ފަރާތްތަކަށް އެކި ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށާއި، އެ ދަތިތައް ހައްލުކުރުމުގެ ގޮތުން ކަމާއި ބެހޭ ފަރާތްތަކާއި މަޝްވަރާކުރަމުންދާ ކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

ކޮވިޑް-19 އަށް ފަހު އޮކްޓޯބަރު 15 ގައި ސަރުކާރުން އަލުން ގެސްޓްހައުސްތައް ހުޅުވަން ހުއްދަ ދީފައިވާ އިރު، މިހާތަނަށް 146 ގެސްޓްހައުސަކުން ހިދުމަތްދެމުން އަންނަ އިރު، އެ އަދަދު މިއަދު ވަނީ 161 އަށް އިތުރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް