މިއަދު މިނިސްޓަރު ފައްޔާޒް ވިިލިމާލޭގެ ފަރުތައް ބައްލަވައިލެއްވުމަށް ވަޑައިގެންފައިވާ އިރު، މިއީ އާ ތަޖުރިބާއެއް ކަމަށް މިނިސްޓަރު ފައްޔާޒް ވަނީ ވިދާޅުވެފައިވެ އެވެ.
ފައްޔާޒް ވަޑައިގަތީ ޑައިވާސް ލޮޖުގެ ޓީމަކާއެކުއެވެ.
މިނިސްޓަރު ފައްޔާޒް މިއަދު ޑައިވިން އަށް ވަޑައިގެންފައިވާ އިރު، މީގެ ކުރިން ވެސް ކެބިނެޓް މިނިސްޓަރުން ހުސްވަގުތުގައި ތަފާތު މަސައްކަތްތައް ކުރައްވައި އެކަން ސޯޝަލް މީޑިއާގައި އާންމު ކުރައްވާފައިވެއެވެ.
އެގޮތުން ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލަކީ ހުސް ވަގުތު ގަސް އިންދުމުގެ މަސައްކަތްޕުޅު ކުރައްވާ ބޭފުޅެކެވެ. އަދި ދާދި ފަހުން މަލީހު ވަނީ ވަޅު ދިޔަ ހިއްކާ ވީޑިއޯއެއް ވެސް އާންމު ކުރައްވާފައެވެ.