ads
ކޮޔޮ ނިރުން ފެނުނު ރޫހާނީ މަހުލޫގް: --
ކެޔޮ ފީނިން ފެނުނު ރޫހާނީ މަހުލޫގް!
ރޫހާނީ މަހުލޫގުން ގެ ވާހަކަ އަކީ ހަމަ އެކަނި މިހާރު އަޑު އިވޭ ވާހަކަ ތަކެށް ނޫނެވެ. އިހު ޒަމާނުން ފެށިގެން ވެސް ރޫހާނީ ބާރުތަކުގެ ވާހަކަ ތަކަކީ އަހަރުމެންގެ ކަންފަތާ ހަމަޔަށް އިވެމުން އަންނަ ވާހަކަ ތަކެކެވެ.
Advertisement

އެއީ އަހަރެންގެ ކާފަ ނިޔާވުމުގެ ކުރިން އަހަރެންނަށް ކިޔާދިން ވާހަކައެކެވެ. އޭރު އަހަރެންގެ އުމުރުން ވާނީ 10 އަހަރެވެ. އާދައިގެ މަތިން އެރޭ ވެސް ނިދާގަޑީގައި އަހަރެންނަށް ކާފަ ވާހަކަ ކިޔާދޭން އައެވެ. ވާހަކަ އަޑުއެހުމަށް އަހަރެން ވަރަށް ޝައުގުވެރިވާކަން ކާފައަށް އެނގޭތީއެވެ.

ދަތްއުނގުޅާ ވުލޫކުރުމަށް ފަހު އަހަރެން އެދަށް ނިދަން އެރީމެވެ. ކާފަ ގޮޑިއެށް ހިފައިގެން އައިސް އެދުގެ މަގަތުގައި އިށީންނެވެ. އަދި ވާހަކަ ކިޔާދޭން ފެށިއެވެ.

އެއީ މީގެ 70 ވަރަކަށް އަހަރު ކުރިއެވެ. ކާފަމެން އޭރު ދިރިއުޅެމުން ދިޔައީ މެދު ރާއްޖެތެރޭގެ ރަށެއްގައެވެ. މާމަ އިނީ އަހަރެންގެ ބޮޑުބެޔަށް ބަލިވެއިނދެއެވެ. އޭރު މާމަގެ ބަނޑަށް 9 މަސް ފުރި ވިހާނެ ދުވަހަކަށް އިންތިޒާރު ކުރަމުން ދަނީއެވެ. އެއީ 14 ވިލޭރޭއެކެވެ. ހަނދު އޭގެ މަގާމުގައި ފަރިކޮށް ވިދަވިދާ ހުއްޓެވެ. ކާފައަށް ހޭލެވުނީ މާމަ ގެ ބަޑުގައި ރިއްސާތީ ގޮވީމައެވެ.

އަވަހަށް ގަޔަށް ގަމީހެއް މަހާލުމަށް ފަހު ފޫޅުމާ ދައިތަ ގެޔަށް ދިިޔައެވެ. އެގޭ ދޮރުގައި ވެއްޓޭވަރަށް ޓަކި ޖެހި ފަހުން ފޫޅުމާ ދައިތަ އަވަހަށް ސާމާނު ހިފައިގެން ކާފަމެން ގޭ ދޮސަށާ ދިމާލަށް ދިޔައެވެ. އެދުރުބެ ގޮވައިގެން އެބަ އަންނަން ކަމަށް ބުނެ ކާފަ އަވަހަށް އެގެއާ ދިމާލަށް ދިޔައެވެ.

އެދުރުބެ ގޮވައިގެން ކާފަ ގެޔަށް ދިޔައިރު ކައިރި ގެޔަކުން ދެތިން އަންހެނަކު ވެސް ކާފަމެން ގޭގައި ހަރަކާތްތެރި ވަމުން ދިޔައެވެ. މާމަގެ އައިލާ މީހުން ވެސް އެގެޔަށް އައިސް ތިއްބެވެ. 

ގޭގައި އެންމެން ވެސް ވަރަށް ހަލަބޮލިކޮށް އެކި ކަންކަމުގައި ހަރަކާތްތެރި ވަމުން ދިޔައެވެ. އަލަތު ދަރިފުޅު ދުނިޔެއަށް އަނަން އުޅޭތީ ކާފަ ހުރީ ވަރަށް އުފަލުންނެވެ. ފޮނި އުންމީދާއި ބިރުވެރިކަމުގެ އިހްސާސް އެއް ވެސް ހިތަށް އަރަމުން ދިޔަ ކަމަށް ކާފަ ބުންޏެވެ.

ނިރުފަތް ހޯދުމަށް މުދިންބެ އެެދުމާއެކު ކާފަ ނިރުފަތް ކެޑުމަށް އެމީހުންގެ ދަނޑާ ދިމާލަށް މިސްރާބު ޖެހިއެވެ. އޭރު މެންދަމު 2 ޖަހައިފާނެއެވެ. ފުޅި ބައްތިއެއްގެ އަލީގައި ރަށުގެ ހުޅަނގު ފަރާތާ ދިމާލަށް ދިޔުމަށް މިސްރާބު ޖެހިއެވެ. އެއީ މީހުން އުޅޭ ސަރަހަށްދަށް ނޫންނެވެ.  ރަށުގެ އަނެށް ފަރާތެވެ. ރަށުގެ އާބާދީ އޭރު ވަރަށް ކުޑަކަމުން ހުރިހާ އެންމެން ވެސް ދިރި އުޅެނީ ރަށުގެ އިރުވައިކޮޅުގައެވެ.

ތެޅިތެޅި އޮތް ހިތަކާ އެކު ކާފަ އެދިމާލަށް ދާން މިސްރާބު ޖެހިއެވެ. ދަންވަރުގެ އެ ހަމަހިމޭން ވަގުތުގައި ވަލުތެރޭގައި ގަސްތަކުގެ ހިޔަނިވެސް ހީވަނީ ބޮޑެތި އިފުރީތުން ތަކެށް ހެއްނެވެ. ހޯލިކޮޅެން ބިންދައިގެން ދިޔަ އަޑު އިވުނަސް މީހަކު ކައިރީގައި އުޅޭހެންނެވެ.

ހިތުން އިގޭހާ ހެޔޮއެއްޗެށް ކިޔަމުން ކާފައަށް ކެޔޮދަނޑާ ހަމަށް ފޯރައިފިއެވެ. އަންބޮނޑީގައި އޮތް ވަޅި ނެގުމަށް ފަހު ރީތި ހެޔޮވަރުގެ ކެޔޮ ފަތެއް ކެޑުމަށް ތައްޔާރުވިތަނާ ފާޑެއްގެ ބޫންއަޑެއް އިވުނެވެ.

ކާފަ ހިފައިގެން ހުރި ވަޅި އަތުން ދޫވެ މީހާ ބިންމައްޗަށް ނުވެއްޓުނީ ކިރިޔާއެވެ. އަތްފައި ފިނިވެ ނޭވާ ކުރުވިއެވެ.

ފުންނޭވާއެއް ލުމަށްފަހު ފައިބުޑުގައި ވެއްޓިފައި އޮތް ވަޅިނަގާ ކޮޅަށް ތެދުވިއެވެ. ވަށައިގެން މީހެއް ނުވަތަ މަހުލޫގެއްގެ ހިލަމެށް ވޭތޯ ބަލާލިއެވެ.

ނިރު ދަނޑުގެ މެދެއްހާ ހިސާބުގައި ހުރި އެއްޗެއްގެ ސަބަބުން ކާފަގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އޭތީގެ އިސްކޮޅު ކެޔޮނިރުތަކަށްވުރެ ދިގެވެ. ބޯހުރީ ތުނޑެއްލާފަ އެވެ. ހަނދުވަރު ގެ އަލިން އޭތީގެ ސޫރަ ކާފައަށް ރީތިކޮށް ފެނުނެވެ.

ކާފަގެ ހިތް ނެގިނެގިފައި ޖެހެނީއެވެ. އެއީ އިންސާނެއް ނޫންކަން ޔަގީން ވާތީއެވެ. މަޑުމަޑުން ނިރުގަހެއްގެ ނިވަލަށް ވަދެ އެ މަހުލޫގެ ދާންދެން ކާފަ އިންތިޒާރު ކުރިއެވެ. ކުޑައިރުކޮޅޭއްގެ ތެރެގައި އޭތި ނިރު ދަނޑުގެ ތެރެއިން ނިކުމެގެން ގޮސް ގެއްލިށްޖެއެވެ. 

ފައި ދަމާފައި ދަނީ ފަތް ތަކުގެ ތެރޭގައެވެ. ފިޔަވަޅު ނާޅާކަން ޔަގީނެވެ.

ލޮލުކޮޅަށް ގޮސް އޭތި ގެއްްލުމާއެކު އަވަހަށް ނިރުފަތް ކެޑުމާއެކު ފުޅިބައްތި ހިފައިގެން ކިޔުނުހާ ހެޔޮއެއްޗެށް ކިޔަމުން ބާރަށް ހިނގަމުން ކާފަ ގެޔަށް ދިޔައެވެ.

އޭރު ކާފަ ނައިސްގެން މުދިންބެ އުޅެނީ ލަސްވެގެންނެވެ. ވީގޮތް ކިޔާދިނުމުން އަވަހަށް ފެން ތަށްޓެއް ކިޔަވާފައި ކާފައަށް ބޯންދިނެވެ. އަދި 3 ދުވަސް ވަންދެން ދަންވަރު ބޭރަށް ނުނިކުތުމަށް އެދުނެވެ. 

އިރުކޮޅެށް ނުވެ މާމާ ވިހައިފިއެވެ. މުޅިގެއިން ތުއްތު ކުއްްޖެއްގެ ރުއިމުގެ އަޑުން ގުގުމާލިއެވެ. އުފާވެރިކަމުގެ ކަރުނައިން ހުރިހާ އެންމެންގެ ލޯތަށްވެސް ފުރުނެވެ. އެ އުފާވެރި ކަން އެރޭގެ ނާމާން ކަމުގެ މަށްޗައް ގަދަަވި ކަމުގައި ކާފަބުންޏެވެ. 

އެވާހަކަ ކާފަ ކިޔައިދިން އިރު އަހަރެން ވެސް އޮތީ ބިރުންނެވެ. ނަމަވެސް ޝަހާދަތާއި ކުރުސި ކިޔުމުން އަހަރެންނަށް އެރޭ އަރާމުކޮށް ނިދާލެވުނެވެ.

76%
ކަމުގޮސްފި
12%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް