އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބުނީ މާއްޑޫގައި ދަނޑުވެރިކަން ކުރުމަށް އިއުލާން ކުރި ބިޑު ބާތިލްކޮށްފައިވާ ކަމަށެވެ. އަދި އެ ރަށް ދަނޑުވެރިކަން ކުރުމަށް ދޫ ނުކުރަން ނިންމީ ކީއްވެ ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ބ. އަތޮޅުގައި މިހާރު ބޭނުން ނުކޮށް އޮތް ދެ ރަށުގެ ތެރެއިން، އެންމެ ބޮޑު ފަޅުރަށް ކަމަށްވާ މާއްޑޫއަކީ ގިނަ ބަޔަކު ދަތުރު ގޮސް އުޅޭ 27 ހެކްޓަރުގެ ރަށެކެވެ. އެ ތަން ދަނޑުވެރިކަން ކުރުމަށް ބިޑަށްލުމުން ގިނަ ބަޔަކު ވަނީ ކުރިމަތިލާފައެވެ.
ބ. އަތޮޅުގައި 82 ރަށް އޮންނައިރު ގިނައީ ރިސޯޓުތަކާއި ރިސޯޓު ހެދުމަށް ދޫކޮށްފައިވާ ރަށްތަކަށް ވާއިރު އެ އަތޮޅަކީ ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ސިނާއަތް އެންމެ ބޮޑަށް ކުރިއަރާފައި އޮތް އަތޮޅެވެ.