އިއްޔެ ކަންގަނާ ކުރި ޓްވީޓެއްގައި ބުނީ ކާފަ މަރުވެފައި ވަނީ އޭނާގެ އާއިލާގެ ގޭގައި ކަމަށާއި އުމުރުން 90 އަހަރު ކަމަށެވެ.
ކާފަގެ ހާލު ދެރަވުމުން މުމްބާއީގައި ހުރި ކަންގަނާ ވަނީ އެނބުރި ގެއަށް ގޮސްފަ އެވެ. ނަމަވެސް ގެއަށް ދެވުނުއިރު ކާފަ މަރުވެފައިވާ ކަމަށް ކަންގަނާ ބުންޏެވެ.
ކޮވިޑުގެ ލޮކްޑައުނާ ގުޅިގެން ހުރިހާ ވަގުތެއް އާއިލާ އާއެކު ހޭދަކުރި ކަންގަނާ މުމްބާއީ އެނބުރި ދިޔެއީ ދާދި ފަހުންނެވެ.
ކަންގަނާ ވަނީ "ތަލައިވީ" ގެ މަސައްކަތް ނިންމާ، "ތެޖާސް" ގެ މަސައްކަތް ފެށުމަށް ތައްޔާރުވެފަ އެވެ. އޭގެ އިތުރުން "ދާކަޑް" އިން ވެސް އޭނާ ފެނިގެން ދާނެ އެވެ.