ads
ފިނޭންސް މިނިސްޓްރީ---
އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 164.3 މިލިއަން ރުފިޔާ
އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދައުލަތުން ޖުމްލަ 164.3 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ހަފްތާއަކު އެއްފަހަރު ފިނޭންސުން އާންމުކުރާ ކޮވިޑް-19 ގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތުން ވަނީ ކޮވިޑާއި ގުޅިގެން ތައާރަފްކޮށްފައިވާ އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން 38،472 ފަރާތަކަށް އިންކަމް ސަޕޯޓްގެ ގޮތުގައި 164.3 މިިލިއަން ރުފިޔާ ދޫކޮށްފަ އެވެ.

ޖުމްލަ 164.3 މިލިއަން ރުފިޔާ އިންކަމް ސަޕޯޓްގެ ގޮތުގައި ދޫކޮށްފައިވާ އިރު، އޭގެ ތެރެއިން 9.8 މިލިއަން ރުފިޔާ ވަނީ ފާއިތުވެދިޔަ ހަފްތާގައި އިންކަމް ސަޕޯޓްގެ ގޮތުގައި ދޫކޮށްފަ އެވެ.

ކޮވިޑާއި ގުޅިގެން ވަޒީފާ ގެއްލި، ނުވަތަ ހަމަ މުސާރަ ނުލިބުމުގެ ސަބަބުން ދަތިތައް ކުރިމަތިވެފައިވާ ފަރާތްތަކަށް އިކޮނޮމިކް ރިލީފް ޕެކޭޖުގެ ދަށުން އެހީތެރިކަން ފޯރުކޮށްދީފައިވާ އިރު، 13،177 ފަރާތަކަށް ދައުލަތުން މިހާތަނަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

ކޮވިޑުގެ ސަބަބުން ދަތިތަކާއި ކުރިމަތިވެފައިވާ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ތައާރަފްކުރި ލޯން ސްކީމްގެ ދަށުން ދައުލަތުގެ ބޭންކް ބީއެމްއެލުން އެއް ފަރާތަށް އެއް މިލިއަން ރުފިޔާގެ ލޯނެއް ދޫކޮށްފައިވާ އިރު، އެސްޑީއެފްސީން ވަނީ އެ ލޯން ސްކީމްގެ ދަށުން ފަސް ފަރާތަކަށް ލޯނުގެ ގޮތުގައި ދޮޅު މިލިއަން ރުފިޔާ ދޫކޮށްފަ އެވެ.

އޭގެ އިތުރަށް އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން ދައުލަތުން އިތުރު ހޭދައެއް ކޮށްފައި ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް