ads
ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހަމަދު މުސްތަފާ: ---
ކާފަރު ގައުމެއްގެ ރައްޔިތުންގެ ހަށި މިތާ ވަޅުލާކަށް ނުޖެހޭ: މުސްތަފާ
ކާފަރު ގައުމެއްގެ ރައްޔިތުންގެ ހަށިތައް ރާއްޖޭގައި ވަޅުލާކަށް ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ މިހެން ވިދާޅުވީ، ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން އަންދާލުމުގެ ބަދަލުގައި އެމީހުންގެ ހަށިގަނޑު ރާއްޖޭގައި ވަޅުލުމުގެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން މަޝްވަރާ ފެށުމާއިއެކު އެކަމަށް ނުރުހުން ފާޅުކުރައްވައި ކުރެއްވި ޓްވީީޓެއްގައެވެ. 

މުސްތަފާ ވިދާޅުވީ، ގައުމުގެ މުދާ ވިއްކަމުން ގޮސް މިހާރު ވިސްނަމުންދަނީ ގަބުރުސްތާނު ވިއްކާލަން ކަމަށާއި، ކާފަރު ގައުމެއްގެ ރައްޔިތުން މިތަނުގައި ވަޅުލާކަށް ނުޖެހޭނެ ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ވަރަށް ގިނަ ލަނޑު ދެވިއްޖެ ކަމަށާއި، މަރުވެގެން ވަޅުލާނެ ތަންކޮޅެއްވެސް ރައްޔިތުންނަށް ނެތް ކަމަށެވެ. 

ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމާއި ގުޅޭ ގޮތުން ބޮޑު ބަހުސެއް އުފެދިފައި ވާއިރު، ކުރީގެ މެމްބަރު މުސްތަފާގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ވަނީ މިކަމަށް ދެކޮޅު ހައްދަވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް