ads
ފުޅަދޫ ފަރު ހިކިފަ: ފޮޓޯ ސެންޑީ
ރާއްޖޭގެ ފަރެއްގެ ރީތިކަން މި ފޮޓޯތަކުން ވެސް ބުނެދޭ!
ދިވެހިރާއްޖޭގެ ފަރެއްގެ ރީތިކަން ދައްކުވައިދޭ ފޮޓޯތަކެއް ހުސެއިން ރަޝީދު (ސެންޑީ) ސޯޝަލް މީޑިއާއަށް ދޫކޮށްލައިފިއެވެ.

އެ ފޮޓޯތަކީ ބ. އަތޮޅު ފުޅަދޫގެ ފަރު ހިކިފައި އޮއްވާ ނަގާފައިވާ ފޮޓޯތަކެވެ. 

އެ ފޮޓޯތަކުން ފެންނަނީ ދިރޭ މުރަކަތާއި، ކަނޑު އަޑީގެ އެހެނިހެން ދިރުންތައް ތާޒާކަމާއެ ހުރި ތަނެވެ. 

ރާއްޖޭގައި މީހުން ދިރިއުޅޭ ގިނަ ރަށްރަށުގެ ފަރުތައް މިހާރު ވަނީ މަރުވެފައެވެ. 

your imageފުޅަދޫ ފަރު: ފޮޓޯ ސެންޑީ

ބ. އަތޮޅަކީ ބަޔޮސްފިއާ ރިޒާވެކެވެ. އަދި އެ އަތޮޅަކީ ކަޑުގެ ދިރުންތައް މުއްސަނދި އަތޮޅެކެވެ. ޑައިވަރުންނާއި ފީނާ މީހުން ބ އަތޮޅަށް ޝައުގުވެރިކަން ފާޅުކުރެއެވެ. 

ސެންޑީއަކީ ޑައިވިންގެ ދާއިރާ އިން އޭޝިޔާގައި ވެސް ނަން މަޝްހޫރު މީހެވެ. މިގޮތުން އޭނާއަކީ 1980 ގެ އަހަރުތަކުގައި ރާއްޖެއަށް ފީނުން އާއްމުވަމުން ދިޔަ ދުވަސްވަރު މި ދާއިރާ އިން ކިޔެވި މަދު މީހުންގެ ތެރެއިން އެކަކެވެ.

އަދި މީގެ އިތުރުން މީގެ އަހަރުތަކެއް ކުރިން ދިވެހިރާއްޖޭގެ ޑައިވިން އިންޑަސްޓްރީގައި ގިނައިން ތިބީ ބިދޭސީންނެވެ. 

your imageފުޅަދޫ ފަރު: ފޮޓޯ ސެންޑީ

ސެންޑީީ އަކީ ރާއްޖޭގައި އެންމެ ފުރަތަމަ ޑައިވިން ކޯސްތައް ހަދައި ޑައިވިން އިންޑަސްޓްރީ ދިވެހިންގެ އަތްމައްޗަށް ފުރޮޅާލުމަށް އިސް ސަފުގައި މަސައްކަތް ކުރި އެކަކެވެ.

79%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް