ads
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ: ވާޖިބެއް!
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ: ވާޖިބެއް!
އިންސާނާގެ ހަށިގަނޑަކީ މާތް ﷲ އެ އިންސާނާ އަށް ދެއްވާފައިވާ ވަރަށް ބޮޑު ނިއުމަތެކެވެ. އަމިއްލަ ހަށިގަނޑަށް ގެއްލުން ދިނުމަކީ ހަރާމް ކަމެއް ކަމުގައިވާ އިރު، އެ ހަށިގަނޑުގެ ސިއްހަތު ސަލާމަތުން ބެހެއްޓުމަށް އިސްލާމްދީން ބާރު އަޅައެވެ.

ސިއްހަތު ސަލާމަތުން ބެހެއްޓުމަކީ އޭގައި ނުހަނު ގިނަ ހިކުމަތްތަކެއް އެކުލެވިގެންވާ ކަމެކެވެ. އެގޮތުން އަޅުގަނޑު މިއަދު އަލިއަޅުވާލަން ގަސްތުކުރަނީ ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތަކަށާއި ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި ދުރުވާން ޖެހޭ ބައެއް އާދަތަކަށެވެ.

ބަރާބަރަށް ނިދުން!

your imageނިދުން--- ފޮޓޯ: ގޫގުލް

ބަރާބަރަށް ނިދުމަކީ ކޮންމެ އިންސާނަކު ވެސް ކުރަން ޖެހޭ ކަމެކެވެ. ދުވާލު ހަތަރުދަމު މަސައްކަތްކުރާ ފަރާތްތަކާއި، ކިޔަވާ ދަރިވަރުންނާއި ކުޅިވަރު ކުޅޭ ފަރާތްތަކަށް ބަރާބަރު ނިދި މުހިންމެވެ. ގިނަ ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ފުރާވަރު އުމުރުގެ ކުދިން އާންމުކޮށް ނިދަން ޖެހެނީ އަށް ގަޑި އިރާއި ދިހަ ގަޑި އިރާއި ދެމެދެވެ. ބޮޑެތި މީހުނަށް ހަތް ގަޑި އިރާއި އަށް ގަޑި އިރުގެ ނިދި ބޭނުންވެއެވެ.

ބަރާބަރަށް ނިދުމުގެ ސަބަބުން ލިބޭ ފައިދާތައް ގިނަ އެވެ. އެގޮތުން ބަލިވުން މަދުކޮށްދީ އެކި ނުރައްކާތެރި ބަލިތަކުން ސަލާމަތްވުމުގެ ފުރުސަތު ބޮޑެވެ. ބަރާބަރަށް ނިދުމުގެ ސަބަބުން ސިކުނޑި ތާޒާކޮށްދީ، ސިކުނޑީގައި އެކުލެވިގެންވާ ސްޓްރެސް ފިލުވައިދެ އެވެ.

ގަވާއިދުން ކަސްރަތުކުރުން!

your imageޕުޝްއަޕްސް ހަދަނީ--- ފޮޓޯ: ގޫގުލް

ބަރާބަރަށް ނިދުމަށްފަހު، ގަވާއިދުން ކަސްރަތު ކުރުމަކީވެސް ވަރަށް މުހިއްމު ކަމެކެވެ. ކަސްރަތުގެ ސަބަބުން ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެ އެވެ. ގަވާއިދުން ކަސްރަތުކުރާ ފަރާތްތަކުގެ ލޭގެ ކޮލެސްޓްރޮލް ލެވަލް ދަށްކޮށްދީ ލޭ މައްޗަށް ދިއުން ދަށްކޮށްދެ އެވެ. އަދި ހަށިގަނޑުގެ މަސްތަކާއި ކަށިތަކުގައި ވަރު ޖައްސައިދެ އެވެ.

ރަނގަޅު ކާނާ ކެއުން!

your imageފޮޓޯ: ގޫގުލް

ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި ރަނގަޅު ކާނާ ކެއުމަކީ ވަރަށް މުހިއްމު ކަމެކެވެ. ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިއްބައިދެނީ ކާބޯތަކެތީގެ ޒަރިއްޔާ އިން ކަމަށްވާ އިރު، ހަށިގަނޑުގެ ތެރޭގައި ހުރި ހުރިހާ ނިޒާމްތައް ފުރިހަމަ ކުރުމަށްޓަކައި ރަނގަޅު ކާނާ ވަރަށް މުހިއްމެވެ. ކާބޯހައިޑްރޭޓްސް އާއި ޕްރޮޓީންގެ އިތުރުން ކޮންމެ ދުވަހަކުވެސް ވިޓަމިނާއި މިނަރަލް ބޭނުންވެ އެވެ.

ސިއްހަތަށް ގެއްލުން ލިބޭ ބައެއް ކަންތައްތައް ނުކުރުން!

your imageއެނާޖީ ޑިރިންކު ތަކުން ސިއްހަތައް ގެއްލުން ލިބޭ

ސިއްހަތަށް ފައިދާ ހުރި ކަންތައްތައް ކުރާ ވާހަކަ ދައްކާއިރު، ސިއްހަތަށް ގެއްލުން ލިބޭ ކަންތައްތަކުގެ ވާހަކަ ގެނައުމަކީވެސް ވަރަށް މުހިއްމު ކަމެކެވެ. އޭގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ހަކުރު ގިނަ ބުއިންތަކާއި ކެއުންތައް އިންސާފުކުރުމާއި އެނާޖީ ޑްރިންކް ބުއިން ފަދަ ކަންތައްތަކަކީ ސިއްހަތަށް ގެއްލުން ހުރި ކަންތައްތަކެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިވާ އިރު، ފުއްޕާމޭގެ ކެންސަރު ޖެހުމަށްވެސް މަގުފަހިވެ އެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ނޭވާ ކުރުވެ، ހަށިގަނޑު ބަލިކަށިކޮށްދޭ ފަދަ ކަމެކެވެ.

ހަކުރު ގިނަ ކެއުންތަކާއި ބުއިންތައް މާ ގިނައިން ބުއިމަކީ ލޭގައި ހުންނަ ހަކުރު އިތުރުވެ، އޭގެ ސަބަބުން ހަކުރުބަލި ޖެހުމަށް މަގުފަހިވާ ކަމެކެވެ.

އެނާޖީ ޑްރިންކަކީ ތަފާތު ކެމިކަލްތަކާއި މާއްދާތައް ބޭނުންކޮށްގެން އުފައްދާފައިވާ ބުއިމަކަށްވާ އިރު، އޭގައި ގިނަ އަދަދަކަށް ހަކުރު ހުރެއެވެ. އޭގެ އިތުރުން އެނާޖީ ޑްރިންކް ގިނައިން ބުއިމަކީ ކިޑްނީ ފޭލްވުމަށް މަގުފަހިވާ ކަމެއްކަމަށް ޑޮކްޓަރުން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް