އެއީ 2000 ވަނަ އަހަރުގެ ކުރީ ކޮޅެވެ. ސާދަ ވިލޭރޭގެ ހަނދު އޭގެ އެންމެ ފުރިހަމަޔަށް ދުނިޔެ އަލިކުރަމުން ދެއެވެ. އެ މަންޒަރު ދެކިލަން ގޯތި ތެރޭގައި ހުރި ޖޯލިފަތީގައި އެކަނި މާ އެކަނި އަހަރެން އޮތީމެވެ. ބަބުޅަމުން ދިޔަ ތަރިތަކަށް އަހަރެން ހިތުގެ އެންމެ ފުށްމިނުން ދިޔައީ ތައުރީފުގެ ބަސްތައް އޮއްސަމުންނެވެ.
އެހެން އަހަރެން އޮންނަތާ މިހާރު އެތައް އިރެއް ވެދާނެއެވެ. މިހާރު މެންދަމުން އަލިވެ 1 ޖަހައިފާނެ ކަންނޭގެއެވެ. ކަޅު ފޮއި ރޭގަނޑުގެ އުޑުގެ ތެރެއަށް އުކާލެވިފައިވާ ތަރިތަކުގެ އާލަމަށް ގެއްލިފައި އަހަރެން އިނީ އެ މުތީތަކަށް ހިތުގެ އެންމެ ފުންމިނު ތައުރީފުގެ ބަސްތަށް އޮށްސަމުންނެވެ.
ކުއްލިޔަކަށް ގޯތިތެރޭގައި ހެދިފަ ހުރި ގަސްތަކުގެ ތެރެއިން މީހަކު އަހަރެންނަށް ގޮވާލިހެން ހީވިއެވެ. އެދިމާލަށް އަހަރެން ބަލާލީމެވެ. ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ.
ހިތަށް ބިރުވެރިކަން ވަންނަށްފެށިއެވެ. މިހާދަންވަރު ގޯތިތެރޭ ޖޯލިފަތީ ނޯތުމަށް އަބަދުވެސް މަންމަ އަހަރެންނަ ނަސޭހަތް ތެރިވެއެވެ. ނަމަވެސް ކޮންމެ ރެޔަކުވެސް އަހަރެން މިތަނަށް އަންނަމެވެ. ތަރިތަށް ބެލުމަކީ އަހަރެންގެ ހިތަށް ވަރަށް ހިތްހަމަޖެހުން ލިބޭ ކަމަކަށް ވާތީއެވެ.
ނަމަވެސް މިރޭ އަހަރެންނަށް މި އިވުނު އަޑުގެ ސަބަބުން އަހަރެންގެ މުޅި އަތްފައި ފިނިވިއެވެ. ކުރިން އިހްސާސް ނުކުރެވޭ ބިރުވެރިކަމަކާއި ނާމާން ކަމެށް މިރޭ އަހަރެންނަށް އިހްސާސް ކުރެވެމުން ދިޔައެވެ.
އަވަހަށް ޖޯލިން ތެދުވެ ގެއަށް ބާރު ފިޔަވަޅުތަކެށް އަޅަމުން އަހަރެން ގޮސް ވަނީމެވެ. އޭރު މީހާ ހުރީ މާނޭވާ ލެވިފައެވެ. ހިތް ނެގި ނެގިފައި ބާރަށް ތެޅެމުން ދިޔައެވެ.
އަވަހަށް ކޮޓަރިއަށް ވަދެ ދޮރުލައްޕާލުމަށް ފަހު ކުރުސި ކިޔުމަށް ފަހު އެނދަށް ނިދަން އަރީމެވެ. ނަމަވެސް ލޮލަކަށް ނިންޖެށްނައެވެ. އެދުގައި ދެކޮޅަށް ފުރޮޅި ފުރޮޅި އޮށްވާ ކުއްލިޔަކަށް ވާރޭގެ ތިކިތަށް ފުރާޅަށް ގާތަކެށްހެން ވެހެން ފެށި އަޑު އިވުނެވެ.
ވާރޭ ވެހޭ އަޑު އަހަން އޮށްވާ އަހަރެންނަށް އެރޭ ނިދުނެވެ.
އަނެށްދުވަހު އިރުއެރުމާއެކު އަހަރެން އަވަހަށް މޫނު ދޮވެލައިގެން ސައިބޯން ބަދިގެޔަށް ދިޔައީމެވެ. އޭރު މަންމަމެން ރޭގައި ފުރާޅަށް އެއްޗިތަކެށް ވެއްޓުނު އަޑު ދަންވަރު އިވުނު ވާހަކަ ދައްކަމުންދިޔައެވެ. ހެނދުގަޑީގައި ހޭލައިގެން ބެލިއިރު އެއްވެސް އެއްޗެއް ނެތްކަމަށް މަންމަމެން ބުންޏެވެ.
އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. މުޅިގަޔަށް ފިނިވެގެން ދިޔައެވެ. ރޭގައި އަހަރެންނަށް އިވުނީ އެއަޑުކަން އަހަރެންނަށް ޔަގީންވިއެވެ.
އަވަހަށް ސައިބޮއިގެން ސްކޫލަށް ދިޔައީމެވެ. ކުލާސްގައި ހުރި އިރުވެސް އަހަރެން ވިސްނަނަމުން ދިޔައީ ރޭގެ ހާދިސާއާ ދޭތެރޭގައެވެ. އަހަރެން އެހެން ހިޔާލެށްގައި ހުރިކަން ޓީޗަރުންނަށްވެސް ފާހަގަ ކުރެވި އެކަމާ ސުވާލު ކުރިއެވެ.
އެދުވަހު ގެޔަށް އައުމަށް ފަހު ވަރަށް ބުރަކޮށް އެދުވަހުގެ ފިލާވަޅުތަށް ހެދުމުގައި އަވަދިނެތި އަހަރެން އުޅުނީމެވެ. ފިލާވަޅުގަށް ހެދުމަށް ފަހު ރޭގަނޑުގެ ކެޔުން ނިންމާލައިގެން ވައި ޖައްސާލަންވެގެން ޖޯލިފަތްޗަށް ދިޔައީމެވެ.
ކުރިން ރެއެކޭ އެއްގޮތަށް ތަރިތަކުގެ އާލަމަށް ނޭންގިހުރެ އަހަރެން ގެއްލިގެން ދިޔައެވެ. ކުއަލިޔަކަށް މީހަކު އަހަރެންގެ ނަމުން ގޮވާލިއަޑަށް އަރަން ފަހަތް ބަލާލީމެވެ.
އަހަރެންނާ ފުރަގަސްދީގެން މީހެއް ގޭގެ ކުށްނާރު ގަސްދޮށުގައި ހުއްޓެވެ. އަހަރެންގެ ހިތަށް ހީވީ ހޫނުފެން އެއްޗެށް އޮއްސާލިހެންނެވެ. ސުވާލުތަކުން ހިތް ފުރި ބަންޑުންވާން ފެށިއެވެ.
އަޑުގަ ބާރުލާފައި ކާކުހޭ އަހަރެން އަހާލީމެވެ. އެއްވެސް ޖަވާބެއްނައުމުން ލަސްވިޔަވަޅުތަކެށް ގައި އެމީހާ ހުރި ދިމާލަށް އަހަރެން ދިޔައީމެވެ. މަޑުމަޑުން އޭމީހެ ކޮޑުމަތީގައި އަހަރެން ކޮށްޓާލީމެވެ. އެމީހާ އަހަރެންނާ ދިމާލަށް އެބުރުނެވެ.
އެމީހާގެ މޫނު ފެނުނު ވަގުތު އަހަރެންގެ ގަޔިން ހީބިހި ނަގައިގެން ދިޔައެވެ. އޭނާގެ ލޯ ހުރީ ލޭ ކުލައިގައެވެ. މޫނުގައި އޮތީ ހުސް ފާރެވެ. އޭނާގެ ގައިން ދުވަނީ ކުނި ވަހެވެ. ދެލޮލުގެ ކަޅިފެންނާކަށް ނެތެވެ.
ފަޔަށް ލެވުނުހާ ބާރެށް ލާފައި އަހަރެން ގެޔަށް ވަދެ މަންމަމެން ނަށް ގޮވީމެވެ. އޭރު ގޭގެ ފުރާޅަށް ބޮޑެތި ގާތަކެށް އެއްލާ ކަހަލަ އަޑެއް އިވެމުން ދިޔައެވެ. ދުރުތަށް ވެސް ހީވަނީ ދެންމެ ދެންމެ ވަޔާ ފަޅައިގެން ގޮސްފާނެހެންނެވެ.
ބައްޕަ އަވަހަށް ހުސޭނުބެއަށް ގުޅުއެވެ. އެއީ ރަށުގައި ފަންޑިތަ ހަދަން މޮޅު ކަމަށް މަޝްހޫރުވެފައިވާ މީހެކެވެ. ހުސެންބެ އަހަރުމެންގެ ގެޔަށް އައިއިރު ގަޑިން މެންދަމު 3 ޖަހައިފާނެއެވެ.
އެގަހަކީ ޖިންނި އާއިލާއެށް ހާލިހަދައިގެން އުޅޭތަނެށް ކަމަށާއި އެގަސް ކަނޑާލުމުން ނާމާންކަން ކެޑިގެން ދާނެކަމަށް ބުންޏެވެ.
ގޯތިތެރޭގައި ހުރި ކުއްނާރު ގަސް ކެޑުމަށް ވެސް ހުސޭނުބެ އެދުނެވެ. އަދި އެ ޖިންނިތައް ގޯތީގައި ދިރިއުޅޭ ޒަމާންތަކެއް ވެއްޖެކަމަށް ވެސް ބުންޏެވެ.
އޭނާ އައި ގޮތަށް އަވަހަށް ފެންކިޔަވާ ގޭގެ އެތަން މިތަނަށް ފެން އުކަން ފެށިއެެވެ. އަދި ކަރުދާސް ކޮޅެށްގައި އެއްޗިހިތަކެށް ލިޔުމަށް ފަހު ހަތަރު ކަނުގައި ވަޅުލިއެވެ.
އޭގެ ފަހުން އެ މަހްލޫގެއް އަހަރުމެން ދިރިއުޅޭ ގޯތިން ނުފެނެއެވެ.
ޖެހިގެން އައިދުވަހު އިރުއެރުމާއެކު ބައްޕައާ ދޮންބެ ވެގެން އެގަސް ކަނޑާލިއެވެ. އޭގެ ފަހުން އަދިއަދާ ޖެހެންދެންވެސް އެކަހަލަ ނާމާން ކަމަކާ ގޯތިތެރެއިން ދިމަލެށްނުވެއެވެ.