ads
ހުޅުދެލީގެ ބަނދަރުގެ މަސައްކަތް އަވަސްކުރުމަށް ގެނެސްފައިވާ ހައިމާކު--- ފޮޓޯ: އެމްޓީސީސީ
ހުޅުދެލީ ބަނދަރުގެ މަސައްކަތް ކުރިއަށް އެބަދޭ
ދ. ހުޅުދެލީގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށްދާ ކަމަށް އެ މަޝްރޫއާއި ހަވާލުވެފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

ހުޅުދެލީގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއު ކުރިއަށްދާ ކަމަށާއި، އެ މަޝްރޫއަށް ހޭދަވާ ވަގުތު ސަލާމަތްކުރުމުގެ ގޮތުން އެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އިތުރު ސާމާނުތައް މަޝްރޫއު ހިންގާ ސަރަހައްދަށް ގެންދެވިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެ މަޝްރޫއުގެ ދަށުން ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދު 42،149 ކިއުބިކް މީޓަރުގެ ފުންމިނަށް ފުންކުރުމާއި، މިހާރު ބޭނުންކުރަމުންދާ 3،217 ކިއުބިކް މީޓަރުގެ ސަރަހައްދު ފުންކުރާނެ އެވެ.

އަދި 329 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 189 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމާއި، 252 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، މަގު ބައްތި ހަރުކުރުމާއި، 1،645 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ފަދަ މަސައްކަތްތައް ކުރާނެ އެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާއި 39.8 މިލިއަން ރުފިޔާ އަށް ހަވާލުކުރި އެ މަޝްރޫއު މޮބިލައިޒްކޮށްފައި ވަނީ މި އަހަރުގެ ޖޫން 25 ގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް