ads
އަހްމަދު ނިހާން ހުސައިން މަނިކު
އެމްއެމްޕީއާރުސީ މައްސަލާގައި ނިހާންއަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
މޯލްޑިވްސް މާކެޓިން އެންޑް ޕަބަލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ހިޔާނާތުގެ މައްސަލަ އާއި ގުޅިގެން ރައްޔިތުން ގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކުއަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފިއެވެ.

ބޮޑުހިޔާނާތުގެ މައްސަލާގައި މީގެކުރިން ނިހާން ވަނީ، އެސެޓް ރިކަވަރީ ކޮމިޝަންއަށްވެސް ހާޒިރުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތު ކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިވާ ލޯންޑާ ކުރުމުގައި ބައިވެރިވުމާއި އެފައިސާއިން ރިޝްވަތު ހިފުމުގެ ތުހުމަތެވެ. 

ނިހާންގެ މައްޗަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވިއިރު ދާދިފަހުން އޭނާ ރާއްޖެއިން ފުރުން މަނާކޮށް، އިއްޔެ ވަނީ އޭނާގެ ޕާސްޕޯޓް ހިފައްޓާފައެވެ. ނިހާންގެ ޕާސްޕޯޓް ހިފެހެއްޓުމަށްޓަކައި ނެރުނު ކޯޓު އަމުރުގައި ވާގޮތުން، އޭނާ ރާއްޖެއިން ބޭރަށް ފިލައިގެންދާން އުޅޭ ކަމަށް ފުލުހުން ތުހުމަތުކޮށްފައި ވެއެވެ. 

އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ގިނަ މެމްބަރުންތަކަކަށް ލިބުނު ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އެގޮތުން ހިޔާނާތުގެ ފައިސާއިން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރަކާއި މިހާރުގެ 16 މެމްބަރަކަށް މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެއެވެ. 

ބޮޑުހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮންނަވާއިރު އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރި ދައުވާތައް ސާބިތުވެ ދެބޭފުޅުންގެ މައްޗަށް ވެސް ވަނީ ހުކުމް ކޮށްފައެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް