ads
ޑރ. ނަޒްލާ ރަފީގް
ވެކްސިންގެ ފައިދާކުރާނީ ބަލިވާ މީހުންގެ އަދަދު ދަށުގައި ހިފެހެއްޓިގެން: ޑރ. ނަޒްލާ
ކޮވިޑް ވެކްސިން ހޯދުމަށްޓަކައި ކޯވެކްސް ފެސިލިޓީގެ އިތުރުން އެހެން ގޮތްގޮތަށްވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ވެކްސިން ލިބުނަސް އޭގެ އެންމެ ރަނގަޅު ފައިދާ ކުރާނީ ބަލީގެ ހާލަތު ދަށް މިންވަރެއްގައި ހިފެހެއްޓިގެން ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

ޑރ ނަޒްލާ ވިދާޅުވީ، ވެކްސިންގެ ޓްރަޔަލްގައި ވެކްސިންގެ ސަބަބުން 95 އިންސައްތަ މީހުންނަށް ރައްކާތެރިކަން ލިބޭކަމަށް ބުނެފައިވީނަމަވެސް، އެގައުމެއްގައި ވެކްސިން ޖަހާއިރު ބަލީގެ ހާލަތު އޮތް މިންވަރަށް ވަރަށް ބޮޑަށް ބަރޯސާވާ ކަމަށެވެ.  

ޑރ ނަޒްލާ ވިދާޅުވީ، ވެކްސިން ޖަހާ މީހާ އިންކިއުބޭޝަން ޕީރިއަށްގައި ބައްޔަށް ހުށަހެޅިފައި ހުރުން އެކަށީގެންވާ ކަމަށާއި، އެހެންވެއްޖެ ކަމަށްވާނަމަ ވެކްސިންގެ ސަބަބުން އޭނައަކަށް ރައްކާތެރިކަމެއް ނުލިބޭނެކަމަށެވެ. އެގޮތުން ވެކްސިން ޖަހާ ދުވަހަކު އޭގެ ރައްކާތެރިކަމެއް ނުލިބޭނެ ކަމަށާއި ރައްކާތެރިކަން ލިބެން ދެ ހަފްތާ ތިން ހަފްތާ ވަރު ނަގާނެ ކަމަށްވެސް ޑރ ނަޒްލާ ވިދާޅުވިއެވެ. 

" މުޖުތަމައުގައި ބަލި ގިނައިން ފެތުރޭ ކަމަށްވާނަމަ، އެމުއްދަތުގެ ތެރޭގައި ވެސް އެމީހަކު ބައްޔަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ، ދިފާއީ ބާރު އޭނާގެ ހަށިގަނޑުގައި ރަނގަޅަށް ނުއުފެދެނިސް ބަލި ޖެހުމުގެ ފުރުސަތު އޮންނާނެ.." ޑރ ނަޒްލާ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް