ދިވެހި އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން ބާއްވާ މި ޖަލްސާ ޖުމްހޫރީ މައިޒާންގައި ބާއްވާ އިރު، ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ އެރޭ 8:30 ގައެވެ.
އެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގައި ދައުލަތުންދޭ އިނާމްތަކުގެ ތެރޭގައި ގައުމީ އިނާމުގެ އިތުރުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމް ހިމެނެއެވެ.
ހޯމް މިނިސްޓްރީން އިންތިޒާމް ކުރާ މި ޖަލްސާ ކުރިއަށް ދާނީ އެޗްޕީއޭގެ އިރުޝާދުތަކާއި އެކު އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކުގައި ކަމަށާއި، އެހެންކަމުން ޖަލްސާ އަށް ދައުވަތު އަރުވާ ފަރާތްތަކުގެ އަދަދު މިއަހަރު މަދުވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު މިދިޔަ އަހަރު 39 ފަރާތަކަށް ލިބިފައިވެ އެވެ.