ads
އެކި ބާވަތްތަކުގެ ތަރުކާރީ--
ކެލޮރީ އެންމެ މަދީ ކޮން ބާވަތެއްގެ ކާނާއެއްގައި؟
ސިއްހަތަކީ އާންމު ދިރިއުޅުމުގައި ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭ އެއް ކަމެވެ. ހަލަބޮލިވެފައިވާ މި ޒަނާމުގައި ގިނަ ބަޔަކު ކޮންމެ ދުވަހަކު ކާ އެއްޗިއްސަށް އެހާ ބޮޑު ސަމާލުކަމެއް ނުދެއެވެ. އަނެއް ބަޔަކު އެމީހުން ކާ އެއްޗެހީގެ ކެލޮރީޒް ގުނަ އެވެ.

އެގޮތުން ކެލޮރީ ގުނާ ފަރާތްތަކަށް އެހީއަކަށް ސައިންސްވެރިން ވަނީ އެކި ބާވަތްތަކުގައި ހިމެނޭ ކެލަރީގެ މިންވަރު ބަޔޮންކޮށްދީފަ އެވެ. 

އާފަލަކީ އަހަރުމެން އާންމުކޮށް ބޭނުން ކުރާ މޭވާ އެކެވެ. މި މޭވާ އަކީ ވިޓަމިން އޭ އަދ ސީ އިން މުއްސަނދި ބާވަތެކެވެ. މީގެ އިތުރުން 125 ގްރާމް އާފަލުގައި ހިމެނެނީ 57 ކެލަރީ އެވެ. އަދި ތިން ގްރާމް ފައިބާ ވެސް ހިމެނެ އެވެ. މި ސަބަބުތަކާ ހުރެ އާފަލަކީ ކާލަން މީރު އަދި ސިއްހަތަށް ފައިދާ ހުރި މޭވާއެއް ކަމަށް ސައިންސްވެރިން އެއްބަސް ވެއެވެ.

ބްރޮކަލީ އަކީ ވެސް ސިއްހަތަށް ފައިދާ ހުރި އަދި ދުޅަހެޔޮކޮށް ކާ މީހުންނަށް ވަރަށް ފައިދާ ހުރި ބާވަތެކެވެ. އެގޮތުން 91 ގްރާމް ބްރޮކަލީގައި ހިމެނެނީ 31 ކެލަރީ އެވެ. މީގެ އިތުރުން މި ތަރުކާރީއަކީ ވިޓަމިން ސީ އިން މުއްސަނދި ބާވަތެކެވެ. މީގެ ސަބަބުން ކެންސަރު ކަހަލަ ބޮޑެތި ބަލިތަކަށް ހަނގުރާމަ ކުރުމުގެ ބާރު އަހަރުމެންގެ ހަށިގަނޑަށް ލިބިގެން ދެއެވެ.

އާންމުކޮށް ކެބެޖަކީ ގިނަ މީހުން ސެލެޑްތަކުގައި ބޭނުން ކުރާ ބާވަތެކެވެ. ކެބެޖުގައި ދަނބު އަދި ހުދު ކެބެޖް ހިމެނެއެވެ. މި ތަރުކާރީގެ 89 ގްރާމްގައި ހިމެނެނީ 22 ކެލަރީ އެވެ. މިއީ އާންމުކޮށް ތަރުކާރީގައި ކެލެރީ ހުންނަ ވަރަށް ވުރެ މަދު މިންވަރެކެވެ.

ކެބެޖްގެ އިތުރުން ކެރެޓްގައި ވެސް ކެލަރީގެ މިންވަރު ހުންނަނީ ވަރަށް ބޮޑަށް ދަށްކޮށެވެ. މިގޮތުން 128 ގްރާމް ކެރެޓްގައި ހިމެނެނީ 53 ކެލަރީއެވެ. ކެރަޓް ގައި ވިޓަމިން އޭ ގެ މާއްދާ ވަރަށް ގިނައެވެ. މި ސަބަބާ ހުރެ ގިނައިން ކެރެޓް ކާނަމަ ލޮލުގެ ފެނުން ސާފުވެގެން ދާނެ އެވެ.

ފެނުގެ ބާވަތުން މުއްސަނދި ކިޔުކަންބާ އަކީ ކެލަރީގެ ބާވަތް ވަރަށް މަދު އެއް ތަރުކާރީއެވެ. އެގޮތުން 52 ގްރާމް ކިޔުކަންބާގައި ހިމެނެނީ އެންމެ އަށް ކެލަރީއެވެ.

ސިއްހަތަކީ ހުރިހާ އެންމެންނަށް ވެސް ވަރަށް މުހިންމު އެއްޗެކެވެ. ރަނގަޅު ސާދާ ދިރިއުޅުމަކަށް ދުޅަހެޔޮކޮށް ކެޔުމަކީ ވަރަށް މުހިންމު ކަމެވެ. އެހެންކަމުން ކާ ތަކެތީގައި ކެލެރީ ހުންނަ މިންވަރު ބަލާލުން މުހިއްމެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް