އެންދަމަން ޑައިވިން އަށް ފައިބާ އުޅެނިކޮށް އިއްޔެ ޑީކޯވި ދެ މަސްވެރިން ބަނޑޮސް އައިލެންޑް ރިސޯޓަށް ގެންގޮސް ފަރުވާ ދޭން ފަށައިފި އެވެ.

Advertisement
އެންދަމަން ޑައިވިން އަށް ފައިބާ އުޅެނިކޮށް އިއްޔެ ޑީކޯވި ދެ މަސްވެރިން ބަނޑޮސް އައިލެންޑް ރިސޯޓަށް ގެންގޮސް ފަރުވާ ދޭން ފަށައިފި އެވެ.
އުމުރުން 27 އަހަރާއި 39 އަހަރުގެ ދެ ފިރިހެނުން އެންދަމަން ފޭބީ ގދ. ގައްދޫ އަޒުމް ދޯނިންނެވެ. އެމީހުން ޑީކޯވުމުން އެންމެ ފުރަތަމަ ފަރުވާ ދިނީ އެ އަތޮޅުގެ ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުންނެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ހެލިކޮޕްޓަރުގައި އެ ދެ މީހުން މާލެ ގެނެސް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ދޭން ފަށާފަ އެވެ.
އައިޖީއެމްއެޗުން ބުނީ އިތުރު ފަރުވާއަށް އެ ދެ މީހުން ބަނޑޮސް އައިލެންޑް ރިސޯޓަށް ފޮނުވާފައިވާ ކަމަށެވެ. އެމީހުންނަށް ފަރުވާ ދޭނީ ބަނޑޮހުގައި ހުންނަ ޑީކޮމްޕްރެޝަން ޗެމްބަރުގަ އެވެ.
ޑައިވިން އަށް ފައިބާ އުޅޭ މީހުން ޑީކޯވުމުން ފަރުވާ ދޭން ޖެހެނީ އެކަމަށް ހާއްސަ ޗެމްބަރުގަ އެވެ. ޑައިވިން އަށް ފައިބާ މީހުން ޑީކޯވާ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ ކުއްލި މައްސަލައެއް މިއަދު ހުށަހަޅުއްވާފަ އެވެ.