މަޖީދީމަގުގެ އެ ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފައިވާ ކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
މި ހާދިސާ ހިނގާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު 11:24 ހާއިރު ކަމަށާއި، ރޯވި އަލިފާންގަނޑު މިހާރު ނިއްވައިލެވިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މި އަލިފާނުގެ ހާދިސާގައި ފިހުނު މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށާއި، އެއީ ބަންގްލަަދޭޝްގެ ރައްޔިތެއްކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި އޭނާގެ ހާލު އެހާ ސީރިއަސްނޫން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަމުންނެވެ.