ads
ފިލިތެޔޮ އައިލެންޑް ރިސޯޓް--
ދެ ރިސޯޓެއް ހުޅުވަން އަދިވެސް ހުއްދަ ނުދޭ!
ދެ ރިސޯޓެއް ހިންގުމަށް ޓޫރިޒަމް މިނިސްޓްރީން އަދިވެސް ހުއްދަ ދޫކޮށްފައި ނުވާކަން ހާމަވެއްޖެއެވެ.

އެ މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި ފުރަބަންދަށް ފަހު 138 ރިސޯޓެއް ހިންގުމަށް އަލުން ހުއްދަ ދީފައިވާ އިރު، އިތުރު ދެ ރިސޯޓެއް ހިންގުމަށް އަލުން ހުއްދަ ދޫކޮށްފައި ނުވެއެވެ.

138 ރިސޯޓެއް ހިންގުމަށް ހުއްދަ ދީފައިވާ އިރު، އެ ރިސޯޓްތަކުގެ 32،212 އެނދު މިހާރު ވެސް އޮޕަރޭޓު ކުރަމުން އަންނަކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކަ އެވެ. 

އަދި ދެ ރިސޯޓެއް ހިންގުމުގެ ހުއްދަ ދޫކޮށްފައިނުވާ އިރު، މި މަހުގެ ފަހުކޮޅު އެ ދެ ރިސޯޓް ހިންގުމުގެ ހުއްދަ ދޫކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ހިންގުމުގެ ހުއްދަދިން ރިސޯޓްތަކުގެ ލިސްޓުގައި ބުނެފައިވެއެވެ. އެއީ ތުޅާގިރި އައިލެންޑް ރިސޯޓް އެންޑް ސްޕާ އާއި އެރިޔަދޫ އައިލެންޑް ރިސޯޓެވެ.

އެ ދެ ރިސޯޓު ހިންގަން ފެށުމުން އިތުރު 320 އެނދު އޮޕަރޭޝަނަށް އަންނާނެއެވެ. 

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޯޑަރު ހުޅުވިފަހުން މިހާތަނަށް 182 ގެސްޓްހައުސެއް އަލުން ވަނީ ހުއްދަ ލިބި ހުޅުވާފައެވެ. 

129 ސަފާރީއާއި ނުވަ ހޮޓެލަކަށް ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ހުއްދަ ދޫކޮށްފައިވެ އެވެ.

ބޯޑަރު ހުޅުވާލި ފަހުން މި މަހުގެ 17 ގެ ނިޔަލަށް 458 ޓޫރިސްޓު ފެސިލިޓީއަކަށް، ޓޫރިޒަމް މިނިސްޓްރީން ވަނީ ހުއްދަދީފަ އެވެ. 

ހުރިހާ ފެސިލިޓީއެއް އެކުވުމުން 39،193 އެނދު މިހާރު ވެސް އޮޕަރޭޝަނުގައި އެބަ އޮތެވެ. 

ބޯޑަރު ހުޅުވާލި ދުވަހުން ފެށިގެން ވަކި އުސޫލުތަކެއްގެ މަތިން ރިސޯޓްތައް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދޫކުރަން ފަށާފައިވާ އިރު، އޭގެ ތިން މަސްދުވަސް ފަހުން ގެސްޓްހައުސްތަކާއި ސަފާރީތައް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަނީ ދޫކުރަން ފަށައިފަ އެވެ. އަދި މި މަހުގެ 14 ވަނަ ދުވަހު މާލޭގެ ގެސްޓްހައުސްތައް ހުޅުވާލެވިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް