އިއާދަކުރަނިވި ހަކަތައިން އދ.ކުނބުރުދޫ އާއި ގއ.ގެމަނަފުށީގެ މިސްކިތެއް އޭސީ ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

Advertisement
އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ދެ މިސްކިތެއް އޭސީ ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ބަޔަކާ އެކު ސޮއި ކުރީ އދ. ކުނބުރުދޫ އާއި ގއ. ގެމަނަފުށީގެ މިސްކިތެއް އޭސީ ކުރުމަށެވެ.
ކުނބުރުދޫގައި ހުންނަ މަސްޖިދުއް ރަހްމާން އަދި ގެމަނަފުށީގެ މިސްކިތެއް ކަމަށްވާ މަސްޖިދު އިބްރާހިމް އޭސީ ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އަވި ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑާ އެކު އެވެ.
އެގޮތުން އަވި ޓެކްނޮލޮޖީސްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޔާސިރެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ އަހްމަދު ޒާހިރު އަލީ އެވެ.
މި ދެ މިސްކިތް އޭސީ ކުރުމުގެ މަސައްކަތް 10 ދުވަސް ތެރޭގައި ނިންމުމަށް އަންގާފައިވެ އެވެ.
މަސްޖިދުއްރަހްމާން އޭސީ ކުރަން ހަވާލުކުރީ 640،064.93 ރުފިޔާ އަށެވެ. އަދި މަސްޖިދު އިބްރާހިމް އޭސީ ކުރުމަށް ހަވާލުކުރީ 678،129.20 ރުފިޔާ އަށެވެ.