ގއ. މާނަގަލާ ކައިރިން އުމުރުން 13 އަހަރުގެ ކުއްޖަކު ގެނބިގެން ހާލު ދެރަވި ކަމުގެ މައުލޫމާތު ކޯސްޓުގާޑަށް ލިބުނީ މިއަދު މެންދުރު 01:50 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެކަމުގެ ރިޕޯޓު ލިބުމުން އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޯސްޓުގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު އެ ކުއްޖާއަށް އަވަސް ފަރުވާ ދިނުމަށް ވަނީ އެ އަތޮޅު ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ގެނބުނު ކުއްޖާގެ ހާލަތާ ބެހޭ މައުލޫމާތެއް އަދި ސާފުވާ ގޮތެއް ނުވެ އެވެ.