ads
މިލަންދޫ މަގުހެދުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
މިލަންދޫ މަގުހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
މިލަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ބޮޑެތި މަގުތަކުގައި ތާރަ އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މިމައްސައްކަތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ، މިއަދި ހަވީރު އެރަށުގައި ބޭއްވި ހާއްސަ ރައްމިއްޔާތެއްގައި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު އާއި، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި، ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު މެމްބަރު އަލީ ރިޒާއެވެ. 

156.4 މިލިއަން ރުފިޔާފެ މި މަޝްރޫއުގެ ދަށުން އެރަށު 8 މަގެއްގައި ތާރު އަޅާ ޒަމާނީ ފެންވަރަށް މަގު ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައިވެއެވެ. އަދި މި މަޝްރޫއުގެ ދަށުން މިލަންދޫގައި 6.15 ކިލޯ މިޓަރުގެ މަގު ހަދާނެ އެވެ. 

އެގޮތުން އަންނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް މި މަޝްރޫއުގެ އަމަލީ މަސައްކަތް މުޅިން ނިމި މަގުތައް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން މިލަންދޫ މަގުހެދުމުގެ މަޝްރޫއު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ، 520 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭގޮތަށް، މިއަހަރުގެ މާޗުމަހުގެ 12 ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް