އެމްއެންޑީއެފްއިން ބުނީ، ތިލަފުށީ ބަންދަރުގައި އޮތް "ދިރުން" ނަމަކަށް ކިޔާ ދޯނީގައި މަސައްކަތްކުރާ އުމުރުން 40 އަހަރުގެ ދިވެހި ފަޅުވެރިއެއް، އެދޯނީގެ ފަލްކާ ތެރެއަށް ވެއްޓި އަނިޔާވެގެން ސިއްހީ އަވަސް ފަރިވާ ދިނުމަށް މާލެ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެމްއެންޑީއެފްއިން ބުނީ މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު 19:08 ހާއިރު ކަމަށާއި، އެމީހާ މާލެ ގެނައުމުގެ މަސައްކަތް އެމްއެންޑީއެފްގެ މާލެ އޭރިއާގެ ކޯސްޓް ގާޑު ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.