ފުލުހުން ބުނީ، ޓްރެކް ސަރަހައްދަށް ސްނޯކްލިން އަށް ގޮސް އުޅުނު ކުއްޖަކު ގެނބިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމުގެ މައުލޫމާތު މިއަދު 12:30 ހާއިރު ލިބިފައިވާ ކަމަށެވެ.
އަދި އެކުއްޖާއަށް ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުން ބުނެއެވެ. އަދި މިހާދިސާ އާއި ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން މިހާރު ބަލަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މިއަދު ވަނީ ގއ. މާނަގަލަ ކައިރިއަށް ގެނބުނު ކުއްޖެއްގެ ހާލު ސީރިއަސްވެ، އިތުރު ފަރުވާއަށް އެމްއެންޑީއެފްގެ އެހީގައި އެ އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފަ އެވެ.