ads
ސާފު ހުޅުމާލެ ހަރަކާތް: 18 ޓަނުގެ ކުނި ނަގައިފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހުޅުމާލެ ސާފު ކުރުމަށް މިއަދު ކުރިއަށްގެންދިޔަ "ސާފު ހުޅުމާލެ" ޕްރޮގުރާމުގައި 18 ޓަނުގެ ކުނި ނަގައިފި އެވެ.

އެޗްޑީސީން މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ، މިއަދު ހަވީރު 16:00 ފެށިގެން އިރުއޮއްސި 18:00 އާ ހަމައަށެވެ. އަދި ހުޅުމާލޭގައި އެންމެ ކުނި ގިނަކަމަށް ފާހަގަކުރެވޭ 40 އަކަށް ސަރަހައްދު ވަނީ ސާފުކޮށްފައެވެ.

ސަރުކާރުގެ ގިނަ މުއައްސަސާތަކާއި އަމިއްލަ ގިނަ ފާރާތްތަކުން ވެސް ބައިވެރިވި މި ހަރަކާތުގައި 2 ގަޑިއިރުގެ ތެރޭގައި ޖުމްލަ 18 ޓަނުގެ ކުނި ވަނީ އެއްކޮށްފައެވެ. 

އެޗްޑިސީން މައުލޫމާތުދޭ ގޮތުގައި މި ހަރަކާތަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ސާފު ރީތި މަގުތަކާއި، ޕާކުތަކާއި، ހިތްފަސޭހަ މާހައުލެއް ގާއިމްކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. އެގޮތުން އެޗްޑީސީން ފާހަގަކުރާ ގޮތުގައި އެކޯޕަރޭޝަންގެ އެންމެ ބޮޑު އެއް މަގްސަދަކީ އިޖްތިމާއީގޮތުން ފައިދާހުރި މަސައްކަތްތައް ހިންގައި މުޖުތަމައުއަށް ކޯޕަރޭޝަންގެ ސަބަބުން ކުރިއެރުމާއި އުފާވެރިކަން ލިބިގެންދިއުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް