އަހްތަރުގެ ފަރާތުން ކޯޓަށް އެ މައްސަލަ ހުށަހެޅީ ޑިސެމްބަރު 3 ގައެވެ. އިއްޔެ ކޯޓުން ނެރުނު އަމުރުގައި ފުލުހުންނަށް އަންގާފައި ވަނީ ތަހުގީގީ ރިޕޯޓެއް ކޯޓަށް ހުށަހެޅުމަށެވެ.
އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރަށް ފަހު ކަންގަނާ ޓީވީ ޗެނަލެއްގައި ދެއްކި އެ ވާހަކަތަކުގެ ވީޑިއޯ މިހާރު ވަނީ ވައިރަލްވެފަ އެވެ.
ރިޕަބްލިކް ޓީވީއަށް ދިން އެ އިންޓަވިއުގައި ކަންގަނާ ވަނީ އަހްތަރުއާ ގުޅުވައިގެން ސާބިތު ނުހިފޭ ގިނަ ވާހަކަތަކެއް ދައްކާފަ އެވެ. އެ ވީޑިއޯ ފެނި ހައިރާންވި ކަމަށް އަހްތަރު ވަނީ ބުނެފަ އެވެ.
ސުޝާންތު އަމިއްލައަށް މަރުވާން މަޖުބޫރު ކުރުވި "ގޭންގުގެ" މެމްބަރެއްގެ ގޮތުގައި ކަންގަނާ ވަނީ އަހްތަރު ސިފަކޮށްފަ އެވެ. އޭގެ ސަބަބުން އަހްތަރުގެ އަބުރަށް އުނިކަން އައިސްފައިވާ ކަމަށް ކޯޓަށް ހުށަހެޅި މައްސަލާގައި ވަނީ ބުނެފަ އެވެ.