ads
ޕިކް ޕޯސްޓުގެ އާ ސެންޓަރު މިއަދު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު
މާލޭ ސަރަހައްދުގައި އިތުރު ޕިކް ޕޯސްޓް ސެންޓަރެއް ހުޅުވައިފި
މާލޭގެ ސަރަހައްދުގައި މޯލްޑިވްސް ޕޯސްޓް އޮފީހުގެ އިތުރު ޕިކްޕޯސްޓް ސެންޓަރެއް ހުޅުވައިފި އެވެ.

މާލޭގައި ތަރައްގީ ކުރެވިފައިވާ ރިންގް ރޯޑް ސަރަހައްދުގައި ހުންނަ ގްރޭޓާ މާލެ ބަސް ޓާމިނަލްގައި އިއްޔެ ހުޅުވި އާ ޕިކްޕޯސްޓް ސެންޓަރު ހުޅުވައިދެއްވާފައި ވަނީ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ. އެ ޕިކްޕޯސްޓް ސެންޓަރު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރުގެ އިތުރުން ޕޯސްޓް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަފީގު މުހައްމަދު ވެސް ބައިވެރިވެ ވަޑައިގަތެވެ.

ބަސް ޓާމިނަލްގައި އާ ޕިކްޕޯސްޓް ސެންޓަރު ހުޅުވައިދެއްވުމަށް ފަހު މިނިސްޓަރު މަލީހް ވިދާޅުވީ އިމާރާތްކުރާ ފަރާތްތަކުން ޕޯސްޓް ޑެލިވަރީކުރަން ފަސޭހަ ވާނެ ފަދަ ގޮތަކަށް އިމާރާތްތައް ފަރުމާ ކުރަން ޖެހޭނެ ކަމަށެވެ. އަދި ކާގޯގެ ހިދުމަތްދޭ ފަރާތްތަކުންވެސް ޕޯސްޓުގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަންޖެހޭ ކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕޯސްޓް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަފީގު ވިދާޅުވީ މާލޭގެ އެކި ސަރަހައްދުތަކުގައި ޕިކްޕޯސްޓްގެ ސެންޓަރުތައް ގާއިމްކުރަމުންދަނީ ސަރުކާރުގެ އާންމު ހިދުމަތްތައް ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން ކަމަށާއި، މިހާރުވެސް އިތުރު ދެ ޕިކްޕޯސްޓް ސެންޓަރެއްގެ މަސައްކަތް ކުރަމުންދާ ކަމަށް ޝަފީގް ވިދާޅުވި އެވެ.

އިއްޔެ ހުޅުވިގެން ދިޔަ ޕިކްޕޯސްޓް ސެންޓަރާއި އެކު، މިހާރު މާލޭ ސަރަހައްދުގައި ޕިކްޕޯސްޓްގެ ހަތަރު ސެންޓަރެއް ގާއިމްކުރެވިގެން ގޮސްފައިވެ އެވެ.

ރާއްޖޭގެ ޕޯސްޓްގެ ހިދުމަތަށް 114 އަހަރު ވެފައިވާ އިރު، ޒަމާނާއި އެއްގޮތަށް ހިދުމަތް ދިނުމަށްޓަކައި ޕޯސްޓުން ދަނީ މަސައްކަތްތައް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް