ads
އެސްޓީއޯއަށް 56 އަހަރު: -
އެސްޓީއޯގެ އޯގާތެރިކަމަށް 56 އަހަރު!
ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި ކަމަށްވާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިއަދު މިވަނީ 56 އަހަރު ފުރިފައެވެ. އިރު، އެ ކުންފުނިން ވަނީ ރާއްޖޭގެ ވިޔަފާރިއަށް ބޮޑު އިންގިލާބެއް ގެނެސްފަ އެވެ. އެ އިންގިލާބަކީ ރައްޔިތުންނަށް އަތްފޯރާ ފަށުގައި ހިދުމަތްތައް ފޯރުކޮދިނުމާއެކު ނަފާ ހޯދޭނެ ގޮތުގެ އިންގިލާބެވެ.

އެސްޓީއޯއަކީ ވިޔާފާރިކުންފުންޏެއް ނަމަވެސް، އަބަދުވެސް އެ ކުންފުނިން މަސައްކަތް ކުރަމުން ގެންދިޔައީ ދިވެހިންނަށް "ތަދު" ނުވާނެ ގޮތެއް ހޯދަމުންނެވެ. 

މިގޮތުން ކާޑުގެ ބާވަތްތަކާއި އެހެނިހެން އަސާސީ ވަސީލަތްތައް "އެސްޓި އޯ ރޭޓުގައި"  ދިވެހިންނަށް ފޯރުކޮށްދެމުން ގެންދިޔައީ އެ ދުވަސްވެރެއްގެ ހާލަތައް ބަލައި، އަބަދުވެސް ދިވެހިންނަށް އަތްފޯރާ ފަށުގައެވެ. 

1964 ވަނަ އަހަރު އަތިރީމާފަންނު ޓްރޭޑިން އޭޖެންސީ (އޭޓީއޭ) ގެ ނަމުގައި އޭރު އެސްޓީއޯ ވުޖޫދަށް އައުމުގެ ކުރިން، ރާއްޖޭގެ އިގްތިސާދުގެ ކުރިމަގު އޮތީ ބަނަކޮށެވެ. ރާއްޖެ ބޮޑަށް ބަރޯސާވެފައި ވަނީ އިމްޕޯޓް މުދަލަށް ކަމަށްވާ އިރު، އެންމެ އާދައިގެ ކާބޯތަކެތީގެ އަގުތައް ހުރީ ނުހަނު ބޮޑުކޮށެވެ. 

މިފަދަ ދަތިތަކަށް ލުޔެއް ގެނެސްދީ ރާއްޖޭގެ ތަރައްގީ އާއި އިގްތިސާދު އާ އުސްމިންތަކަކަށް ގެންދިއުމުގެ މަގްސަދުގައި ސަރުކާރުން ހޭދަކޮށްގެން އޭޓީއޭގެ ނަމުގައި އުފެއްދި ކުންފުނީގެ މައިގަނޑު މަގްސަދަކީ ރާއްޖެއަށް ތަކެތި ފަސޭހަކަމާއި އެކު އެތެރެކޮށް، އެކި ވިޔަފާރި މެދުވެރިކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ތަކެތި ފޯރުކޮށްދިނުމާއި، ދައުލަތަށް ތަކެތި ފޯރުކޮށްދިނުމެވެ. އޭޓީއޭ ވުޖޫދަށް އައުމުގެ ސަބަބުން އާންމުންނަށް ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދިޔަ އެވެ.

އޭޓީއޭ އުފެދުނުތާ 15 އަހަރު ފަހުން ކުންފުނީގެ ނަން އެސްޓީއޯ އަށް ބަދަލުކުރެވި، ރާއްޖޭގެ ޓްރޭޑިން ވިޔަފާރީގެ އިތުރުން ކޮމާޝަލް ވިޔަފާރިއާއި އެކުންފުނިން ހަވާލުވެފައިވެ އެވެ. ހަވާލުވުމަށް ފަހު، އެސްޓީއޯ އިން އެކުންފުނީގެ މަސައްކަތްތައް ފުޅާކޮށްފައިވާ އިރު، މިހާރު އެ ކުންފުނިން އިމާރާތްކުރަން ބޭނުންވާ ސާމާނުތަކާއި، ގޭގެއަށް ބޭނުންވާ ސާމާނުގެ އިތުރުން އެހެނިހެން މުދާތަކުން ކުރާ ވިޔަފާރި ވަނީ ފުޅާކޮށްފަ އެވެ.

އެސްޓީއޯގެ ވިޔަފާރި މިހާރު އެކި ދާއިރާތަކަށް ފުޅާކޮށްފައިވާ އިރު، އޭގެ ތެރޭގައި ސިއްހީ ދާއިރާ އާއި، ތެލުގެ ވިޔަފާރީގެ އިތުރުން އިންޝުއަރެންސް ދިނުން ފަދަ ދާއިރާތައް ހިމެނެއެވެ.

އެކި ދާއިރާތަކަށް މިހާރު އެސްޓީއޯގެ ވިޔަފާރި ފުޅާކޮށްފައިވާ އިރު، އެ ކުންފުންޏަކީ ރާއްޖެ ތަރައްގީގެ ހިއްސާ އެންމެ ބޮޑު އެއް ކުންފުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް