ads
އެސްޓީއޯ--
ދެވަނަ ކުއާޓަރުގައި ސަރުކާރުގެ ހަތް ކުންފުންޏެއްގެ ފައިދާ އިތުރުވެއްޖެ
މިއަހަރުގެ ދެވަނަ ކުއާޓާގައި ސަރުކާރުގެ ހަތް ކުންފުންޏަކަށް ލިބުނު ފައިދާ 2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާއި އަޅާ ބަލާއިރު އިތުރުވެއްޖެއެވެ.

 މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސަރުކާރުގެ ހަތް ކުންފުންޏަކަށް ފައިދާ ވެފައިވާ ކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ.

މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފިނޭންސްގެ ހިސާބުތަކަށް ބަލައިލާ އިރު، މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކޯޕަރޭޝަނަށް 1.60 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާ އިރު، މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކޯޕަރޭޝަނަށް 1.36 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވެ އެވެ. އެހެންކަމުން އެ ކޯޕަރޭޝަނަށް 15 އިންސައްތައިގެ ފައިދާ އެއް ވެފައިވެ އެވެ.

އެމްއެމްޕީއާރުސީ އަށް ވެސް މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި 14.3 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ އިރު، މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކޯޕަރޭޝަނަށް ލިބުނު ގެއްލުން 12.7 މިލިއަން ރުފިޔާ އަށް ދަށްކުރެވި، 12 އިންސައްތަ އަށް ނެޓް ޕްރޮފިޓް ވަނީ އުފުލިފައެވެ. 

ޕީއެސްއެމަށް ބަލައިލާ އިރު، މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 30.6 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާ އިރު، މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު ގެއްލުން ވަނީ 3.11 މިލިއަނަށް ދަށްކުރެވިފަ އެވެ. އެހެންކަމުން އެ ކުންފުންޏަށް 90 އިންސައްތަ ނެޓް ޕްރޮފިޓް ވަނީ އުފުލިފައެވެ.

އެޗްޑީސީ އަށް މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި 48.4 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާ އިރު، އެ ކުންފުންޏަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ 92 އިންސައްތަ ފައިދާ ވެފަ އެވެ. އެއީ 3.63 މިލިއަން ރުފިޔާ އަށް އެ ކުންފުނީގެ ގެއްލުން ދަށްވުމާއި ގުޅިގެންނެވެ.

ހައްޖު ކޯޕަރޭޝަނަށް 976،814 ރުފިޔާގެ ގެއްލުމެއް ލިބިފައިވާ އިރު، މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކޯޕަރޭޝަނަށް ލިބުނު ގެއްލުންތައް ބޮޑުތަނުން ދަށްކުރެވިފައިވެ އެވެ. އެގޮތުން 764،658 ރުފިޔާގެ ގެއްލުން ދައްކުރެވި، އެ ކޯޕަރޭޝަނަށް 78 އިންސައްތައިގެ ފައިދާވަނީ ލިބިފައެވެ. 

އެމްޓީސީސީ އަށް މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާއި އަޅާ ބަލާއިރު، މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 5 އިންސައްތައިގެ ފައިދާ އެއް ލިބިފައިވެ އެވެ. އެގޮތުން މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެމްޓީސީސީއަށް 14.1 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއަހަރުގެ ދެވަނަ ކުއާޓަރުގައި 15.1 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ.

އެސްޓީއޯއަށް މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 76.6 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެކުންފުންޏަށް 104.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއާއެކު އެސްޓީއޯ އަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި 37 އިންސައްތަ ކުރިއެރުން ލިބިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް