މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 11:00 ހާއިރު ކަމަށް އެރަށު ކައުންސިލުން "ސީއެންއެމް" އަށް މައުލޫމާތު ދިނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށް ހަބީބު ވިދާޅުވިއެވެ.
ވިލިނގިލީ ކައުންސިލް މެމްބަރު ހަބީބު ހަސަން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ އެރަށު ގެއެއްގައި ހުރި ގޭސް ފުޅިއަކުން "އަމިއްލައަށް" ގޭސް ލީކުވެގެން ކަމަށެވެ.
ގެއަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، އެގޮތުން ދެ ކުޑަދޮރެއްގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ.
ނަމަވެސް މިކަމާ ގުޅިގެން އަލިފާނުގެ ހާދިސާއެއް ހިނގާފައި ނުވާ ކަމަށް ހަބީބު ފާހަގަ ކުރެއްވިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އެރަށު ގޯލްޑަން ހައުސްގެ އެއް ވަނަ ފަންގިފިލާގައެވެ.