މާދަމާއަކީ މި އަހަރު އެންމެ ކުރު ދުވަސް ކަމަށް ރިކޯޑު ކުރާ ސަބަބަކީ ދުނިޔޭގެ އުތުރު ތަނޑި އިރާއި އެންމެ ދުރުގައި ހުންނާނީ މާދަމާ ކަމަށް ވާތީއެވެ.
މިހެންކަމުން ދުނިޔޭގެ އުތުރުރުގައި އޮންނަ ގައުމުތަކަށް ދުވާލު ކުރުވެ ރޭގަނޑު ދިގުވާނެއެވެ. އަދި ދުނިޔޭގެ އުތުރު ތަނިޑިއަށް އިރުގެ އަލިކަން ލިބޭނީ ފާއްދާލާ ދޯއްޖެއްގެ ގޮތަށެވެ.
މިކަން ހިނގާނީ ދިވެހިރާއްޖޭގެ ގަނޑިން ގާތް ގަނޑަކަށް ހަވީރު 15:02 ހާއިރުއެވެ. ނަމަވެސް މިކަމުގެ އަސަރު ރާއްޖެއަށް ނުކުރާނެއެވެ. ސަބަބަކީ ރާއްޖޭއަކީ ދުނިޔޭގެ މެދުގައި އޮންނަ ގައުމެއް ކަމަށްވާތީއެވެ.
ދުވަސް ކުރުވާކަން ބޮޑަށް ފާހަގަ ވާނީ ޔޫރަޕްގެ ގައުމުތަކާއި، ރަޝީޔާ އަދި އުތުރު އެމެރިކާގެ ގައުމުތަކަށެވެ.