ads
ގެއެއްގައި އަލިފާން ރޯވެފައި--
ގޭސް ލީކުވެގެން ހިނގި ހާދިސާއެއްގައި ދޮށީ އުމުރުގެ އަންހެނަކު ފިހިއްޖެ
ގޭސް ލީކުވެގެން ހިނގި ހާދިސާއެއްގައި ދޮށީ އުމުރުގެ އަންހެނަކު ފިހިއްޖެއެވެ.

ތ. ބުރުނީ ކައުންސިލުން "ސީއެންއެމް" އަށް މައުލޫމާތު ދިން ގޮތުގަިއ އެރަށުގައި މި ހާދިސާ ހިނގާފައިވަނީ ގޭސް އުނދުން ބޭނުންކޮށް ނިންމުމަށްފަހު ހަނދާންނެތިގެން އުނދުން ނިއްވާނުލެވުމުގެ ސަބަބުންނެވެ. އަދި މިކަމުގެ ސަބަބުން ބަދިގެ ތެރެއަށް ގޭސް ލީކުވި ކަމަށާއި، ފަހުން ކެއްކުމަށް އުނދުން ޖެއްސި ވަގުތު ކުޑަވަރެއްގެ "ސްޕާކެއް" ދިމާވި ކަމަށް ބުރުނީ ކައުންސިލުން ބުނެއެވެ.

އެ ހާދިސާގައި ބުރުނިން 67 އަންހެނަކު ވަނީ ފިހިފައެވެ. އޭނާއަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ. 

"އޭނާގެ ފައިން ވަނީ ދެ ތަނެއް ފިހިފަ އެހާ ބޮޑަކަށް ނޫން،" - ބުރުނީ ކައުންސިލް -

24 ގަޑިއިރުތެރޭ ގޭސް ލީކުވެގެން ރާއްޖޭގެ ދެ ސަރަހައްދެއްގައި ނުރައްކާތެރި ދެ ހާދިސާއެއް ހިނގައިފިވެއެވެ. 

މިއަދު ހެނދުނު ގއ. ވިލިނގިލީގައި ގޭސް ފުޅިއެއް ލީކުވެ ގޮވުމެއް ގޮވާފައިވާއިރު، އިއްޔެ ހަވީރު ތ. ބުރުނީގައި ވެސް ގޭސް ލީކު ވުމުގެ ސަބަބުން މިފަދަ ހާދިސާއެއް ވަނީ ހިނގާފައެވެ.

ވިލިނގިލީގައި މިފަދަ ހާދިސާއެއް ހިނގާފައިވަނީ އެރަށު ގެއެއްގައި ހުރި ގޭސް ފުޅިއަކުން "އަމިއްލައަށް" ގޭސް ލީކުވެގެން ކަމަށް އެރަށު ކައުންސިލުން ވަނީ "ސީއެންއެމް" އަށް މައުލޫމާތު ދީފައެވެ. އެގޮތުން އެތަން ގޮވާފައިވަނީ ކޮޓަރީގައި ގޭސް ލީކުވެ، ގޭސް ބަންދު ވުމުގެ ސަބަބުން ޕްރެޝަރު އުފެދިގެން ކަމަށް ކައުންސިލުން ބުނެއެވެ.

މި ދެ ހާދިސާގައި ވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް