ads
ުސުޕަރ ޔުނައިޓެޑާ ދަ ގްރާންޑޭ މެޗުގެ ތެރެއިން
ފަހު ހާފުގެ ގޯލުތަކުން ދަ ގްރާންޑޭ- ސުޕަ ޔުނައިޓޭޑް އެއްވަރު
ދިވެހި ޕްރިމިއަރ ލީގުގައި ދަ ގްރާންޑޭއާ ސުޕަ ޔުނައިޓެޑް ކުޅުނު މެޗު އެއްވަރު ވެއްޖެއެވެ. އާދިއްތަ ދުވަހު ހަވީރު ކުޅުނު މި މެޗު އެއްވަރުވީ އެއް ލަނޑު އެއް ލަނޑުންނެވެ.
Advertisement

މެޗުގެ ދެ ލަނޑުވެސް އައީ ދެވަނަ ހާފުގައެވެ.

ފުރަތަމަ ލަނޑު ދަ ގްރާންޑޭގެ އަލީ އިފާޒު ޖަހާފައިވަނިކޮށް ސުޕަރ ޔުނައިޓޭޑުން އެއްވަރުކުރީ ޖަޕާނުގެ އަޓްޝުޝީ ޔޮނެޒޭވާއެވެ.

ސުޕަ ޔުނައިޓެޑް މިއަދުގެ މެޗުން އެއްވަރުވި އިރު އެ ޓީމުވަނީ އެ ޓީމުގެ ފުރަތަމަ މެޗުގައި އީގަލްސް އަތުން މޮޅުވެފައެވެ. 

އަނެއްކޮޅުން ދަ ގްރާންޑޭވެސް ވަނީ އެ ޓީމުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. ދަގްރާންޑޭ މޮޅުވީ ޓީސީ އަތުން ތިން ލަނޑު ސުން ލަނޑުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް