ads
ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް
ރިޕޯޓް ދިރާސާ ކުރާ ކޮމިޓީގައި ރިޔާޒު ބައިވެރި ނުކުރަން ނިންމައިފި
ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލައިގެ ރިޕޯޓް ދިރާސާ ކުރާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީގައި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ބައިވެރި ނުކުރުމަށް އެ ކޮމިޓީން ނިންމައިފި އެވެ.
ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލައިގެ ރިޕޯޓް ދިރާސާ ކުރާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ބައިވެރިނުކުރުމަށް އެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެގޮތަށް ފާސްކޮށްފައިވަނީ އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި 8 މެމްބަރުންގެ އިއްތިފާގުންނެވެ.

މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަނުން ޑރ. އަފްރާޝީމްގެ މަރާ ގުޅޭގޮތުން އެކުލަވާލި ރިޕޯޓް ދިރާސާ ކުރާ ކޮމިޓީގެ އެ މައްސަލައާއި ގުޅޭ ބައްދަލުވުންތަކުގައި ރިޔާޒް ބައިވެރިނުކުރުމަށް ހުށަހެޅުއްވީ އެމްޑީޕީގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ އެމްޑީޕީގެ ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލާބީބެވެ.

ރިޔާޒް އެ މައްސަލައިގައި ކޮމިޓީގައި ނުހިމެނުމަށް އާޒިމް ހުށަހެޅުއްވީ، އެ މައްސަލައިގައި ރިޔާަޒު ކޮމިޝަނަށް ބަޔާން ދެއްވާފައި އޮތުމާއި، އެ ރިޕޯޓްގައި އޭރު ރިޔާޒް ދައްކަވާފައިވާ ވާހަކަތައް ހިމަނާފައިވާތީ އެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލިއިރު، ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި ރިޔާޒް ވިދާޅުވެފައިވަނީ އަފްރާޝީމް އަވަހާރަ ކޮށްލާފައިވަނީ ސިޔާސީ ބަޔަކު ފަހަތުގައި ތިބެގެން ކަމަށާއި، އަދި އެކަމަށް 4 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ކޮމިޝަންގެ ތަހުގީގު ރިޕޯޓްގައި ބުނެފައިވަނީ އެ މަރުގެ ފަހަތުގައި ސިޔާސީ އެއްވެސް ކަމެއް ނެތް ކަމަށާއި އެކަން ކޮށްފައިވަނީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ ބައެއް ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް