ads
ރ. މަޑުއްވަރީގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން--- ފޮޓޯ: އެމްޓީސީސީ
މަޑުއްވަރީ ދެކުނު ބަނދަރުގެ މަޝްރޫއު ކުރިއަށް
ރ. މަޑުއްވަރީގެ ދެކުނު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އެ މަޝްރޫއާއި ހަވާލުވެފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މަޑުއްވަރީގެ ދެކުނު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، މިހާރު އެ މަޝްރޫއުގެ ދަށުން ކުރިއަށްދަނީ އެއްގަމު ތޮށި ލުމަށް ބޭނުންވާ އެލް ބްލޮކް އެތުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެއެވެ.

އެ މަޝްރޫއުގެ ދަށުން 72،800 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކުރުމާއި، 566 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 411 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 135 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ އިތުރުން ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމާއި، 2،825 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ފަދަ މަސައްކަތްތައް ކުރާނެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 29 ގައި މޮބިލައިޒް ކުރެވުނު އެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 69.6 މިލިއަން ރުފިޔާ އަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް