ads
ގޮމާ ދޯނި--ފޮޓޯ: އެމްއެންޑީއެފް
ފަސް މީހުނާއެކު ދަތުރުކުރި ދޯންޏެއް ނެރަށް އަރައިފި
މުދާ އުފުލާ ދޯންޏެއް ނެރަށް އަރައިފިކަމަށް މޯލްޑިސްނެޝަނަލް ޑިފެންސްފޯސްއިން (އެމްއެންޑީއެފް) ބުނެފިއެވެ.

ގޮމާ ނަމަކަށް ކިޔާ އދ. ފެންފުށީ މުދާ އުފުލާ ދޯންޏެއް ގއ. ދެއްވަދޫ ނެރުގެ އިރުމަތީ ފައިކައްޓަށް އަރައިފިކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ މި ހާދިސާ ގެ ރިޕޯތް ލިބިފައިވަނީ މިއަދު 8:15 ގައި ކަމަށާއި މިހާރު މި ދޯނި ފެން ކުރުމުގައި އެމްއެންޑީއެފްގެ ސަދާން އޭރިޔާ ކޯސްޓް ގާޑްއިން ހަރަކާތްތެރިވަމުން ދާކަމަށެވެ.

މިގުން މި ހާދިސާ ހިނގިއިރު މި ދޯނިން ދަތުރު ކުރަމުން ދިޔައީ 5 މީހުން ކަމާއި މީގެ ތެރެއިން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް