ads
ފޮޓޯ: އެޗްޑީސީ
ފަރުމާ ޕޯޓަލާ ބެހޭ ޓްރެއިނިން ސެޝަނެއް
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަރުމާ ޕޯޓަލާއި ގުޅޭ ގޮތުން ޓްރެއިނިން ސެޝަނެއް ބާއްވަން ނިންމައިފިއެވެ.

މި އަހަރުގެ ޖުލައި 12 ގައި އެޗްޑީސީން އަލަށް ތައާރަފްކުރި ފަރުމާ ޕޯޓަލަކީ ހުޅުމާލޭގައި އިމާރާތްކުރާ އިމާރާތްތަކުގެ ހުއްދަތަކާއި ބެހޭ ކުރެހުންތައް ހުށަހެޅުމަށް ލުއެއް ހޯދައިދިނުމުގެ ގޮތުން ފަރުމާކޮށްފައިވާ ޕޯޓަލެކެވެ.

އަލަށް ހުޅުވައިލެވުނު އެ ޕޯޓަލަކީ ތިމާވެއްޓާއި ރައްޓެހި، ޒަމާނީ ޓެކްނޮލޮޖީއަށް ފެތޭގޮތަށް ހުޅުވައިލެވުނު ޕޯޓަލެއް ކަމުން، އެ ޕޯޓަލް މެދުވެރިކޮށް ކުރެހުން ހުށަހެޅުމުގައި އާންމުކޮށް ހެދޭ ކުށްތައް ދެނެގަނެ ހައްލުކުރާނެ ގޮތް ކިޔައިދިނުމަށް އެޗްޑީސީން އޮންލައިން ސެޝަނެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ.

އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ އާކިޓެކްޓުންނާއި އިންޖިނޭރުންނަށް އެ ޕޯޓަލާއި ބެހޭގޮތުން ބާއްވާ އޮންލައިން ޓްރެއިނިން ސެޝަންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މިމަހުގެ 24 ގެ ކުރިން އީމެއިލް މެދުވެރިކޮށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

ފަރުމާ ޕޯޓަލްގެ ސަބަބުން ކަރުދާސް ބޭނުންކުރާ އަދަދު ދަށްކުރެވި، ކުރެހުން ހުށަހެޅުމުގައި ފަސޭހަތަކެއް ލިިބިގެން ގޮސްފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ކަރުދާސް ބޭނުންކުރުން މަދުކޮށް، އެއްކޮށް ހުއްޓާލުމަށް ބާރުއެޅުމުގެ ގޮތުން އެޗްޑީސީން މަސައްކަތްކުރަމުން ދާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

ހުޅުމާލޭގައި އިމާރާތްކުރާ އިމާރާތްތަކާއި ގުޅޭ ގޮތުން އެވަރެޖް ގޮތެއްގައި އަހަރަކު 43،000 ކަރުދާސް ހުށަހެޅޭ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް