ads
ފޮޓޯ: ސީއެންއެމް
މާބަނޑު ދުވަސްވަރު ކެއުމުގައި ހިމަނަން ޖެހޭ މާއްދާތައް ހިމަނަމާ!
ބަލިވެއިނުން ނުވަތަ ހައްޔަރުގައި އިންނަ ހިސާބުން ފެށިގެން މައިމީހާގެ ބަނޑުގައިވާ ދަރިފުޅަށްޓަކައި ވިސްނަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުރެއެވެ.
Advertisement
ބަލިވެއިނުން ނުވަތަ ހައްޔަރުގައި އިންނަ ހިސާބުން ފެށިގެން މައިމީހާގެ ބަނޑުގައިވާ ދަރިފުޅަށްޓަކައި ވިސްނަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުރެ އެވެ.

ރައްކާތެރިކަމާއެކު ރަނގަޅު ސިއްހަތެއްގައި ތުއްތު ދަރިފުޅު ދުނިޔެއަށް އުފަންވަން ދެން މައިމީހާ ވިސްނަންޖެހޭ ގިނަ ކަންތައްތަކެއް ހުރެއެވެ. މާބނޑުވާ ހިސާބުން ބައެއް މީހުންގެ ކެއުމަށް ބޮޑެތި ބަދަލުތަކެއް އާދެ އެވެ. ކުރިން ކާހިތް ނުވާ އެތައް އެއްޗެއް ކާހިތްވެ އެވެ.

ބައެއް މީހުންނަކީ ފިޒީ ބުއިންތަކަށް މާބަނޑު ދުވަސްވަރުގައި ވަރަށް ލޯބި ކުރާ ބައެކެވެ. ނަމަވެސް ވިސްނާލަންޖެހޭ މުހިންމު ކަމެއް އެބައޮތެވެ. އެގޮތުން ފިޒީ ބުއިންތަކުން ހަށިގަނޑަށް ލިބޭ ފާއިދާއަށް ވުރެ ބޮޑީ ގެއްލުންކަން ވިސްނާލުން މުހިންމެވެ.

އެގޮތުން ކެއުމަށް ބޭނުންކުރާ ކާނާއާ އެއްފަދައިން ބޭނުންކުރާ ބުއިންތަކުންވެސް ބަނޑުގައިވާ ކުޑަ ދަރިފުޅަށް ލިބިދާނޭ ގެއްލުން ވަރަށް ބޮޑެވެ. ހެދި ބޮޑުވުމުގައި އައިބުތައް ހުރުމާއި އެހެނިހެން ކަންތައް ހިމެނެ އެވެ. އެހެންކަމުން މިރިޕޯޓްގައި މި ބަލާލަނީ ދަރިފުޅު އުފެދި ބޮޑުވުމަށް މާބަނޑު މީހާގެ ކެއުމުގައި ހިމަނަން ޖެހޭ މާއްދާތަކުގެ މައްޗަށެވެ.

ބަލިވެއިނުމުގެ ކުރިން މައިމީހާގެ ކެއުމުގައި ބޭނުންކުރާ ހުރިހާ ބާވަތަކީ ހަޖަމްކުރުމުގެ ނިޒާމުގެ ތެރެއިންލާފައި ލޭގެތެރެއަށް ދާނެ އެއްޗެކެވެ. އަދި ލޭގެތެރެއަށް ދާ ކޮންމެ ބާވަތެއްގެ މާއްދާއަކީވެސް ހަށިގަނޑުގެ ބައިތަކުގެ އެތެރެއަށް ވަންނާނެ މާއްދާ އެކެވެ. އަދި ހަށިގަނޑުގެ ހޯމޯންތަކާއި ދަރިފުޅު އުފެއްދުމުގެ ނިޒާމަށް އަސަރު ކުރާނެ މާއްދާތަކެކެވެ.

ވުމާއެކު ރަނގަޅު ސިއްހަތެއްގެ ދުޅަހެޔޮ ކުއްޖަކު ހޯދުމަށްޓަކައި ކެއުމުގެ އާދަކާދައަށް ނުވަތަ ވައްޓަފާޅިއަށް ބަދަލު ގެންނަން ޖެހެނީ ބަލިވެއިނުމަށްފަހުގައެއް ނޫނެވެ. ދެން މި ބަލާލަނީ ކެއުމުގައި ހިމަނަންޖެހޭ ބައިތަކުގެ ތެރެއިން ކެލްސިއަމްއިން ލިއްބައިދޭ ފާއިދާތަަށެވެ. އެގޮތުން ދުވާލަކަށް ކެލްސިއަމް ބޭނުންވާ މިންވަރަކީ 1000 މިލިގްރާމެވެ.

ބަނޑުގައިވާ ދަރިފުޅަށް ލިއްބައިދޭނެ ފާއިދާތަކުގެ ތެރޭގައި ދަރިފުޅުގެ ކަށި، ދަތް، ނާރުތައް، ހިތް އަދި މަސްތައް އުފެދި ބޮޑުވުން އަދި ހިތްހިގުމާއި ލޭ ގަޑުކޮށް ދިނުމަށް އެހީތެރި ވެދެ އެވެ. ކެލްސިއަމް ހިމެނޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ކިރު ، ބަތް ، މަސް، ޔޯގަޓުގެ އިތުރުން ޗީޒް ހިމެނެ އެވެ.

ދެން މި އޮތީ ކުރޯމިއުމް އެވެ. ކުރޯމިއުމް ބޭނުންވާ މިންވަރަކީ 1 މިލި ގުރާމެވެ. މިއިން ބަނޑުގައިވާ ދަރިފުޅުގެ ލޭގައި ހަކުރު ހުންނަ މިންވަރު ހެޔޮވަރު ކޮށްދިނުމާއި ޕްރޮޓީން އުފެއްދުމަށް ބާރުއެޅުން ހިމެނެ އެވެ. ބައެއް ވައްތަރުގެ ކުކުޅު، ޕީނަޓު، ބަޓަރ ބަނަސް އަކީ ކުރޯމިއުމް ހިމެނޭ ކާނާގެ ބާވަތްތަކެވެ.

ފްލޯރައިޑް އަކީވެސް މުހިންމު މާއްދާއެކެވެ. އެގޮތުން ދުވާލަކަށް 3 މިލި ގުރާމުން ފުދޭނެ ކަމަށް ސިއްހީ މާހިރުން ބުނެ އެވެ. އެންމެ ރަނގަޅު ކާނާގެ ބާވަތްތަކުގެ ތެރޭގައި އާފަލު ހިމެނެ އެވެ. އަދި މިއިން ދަރިފުޅުގެ ދަތްތައް އުފެދުމުގައި އެހީވެދެ އެވެ.

ކޮޕަރ އަކީވެސް މާބަނޑު ދުވަސްވަރު މުހިއްމު މާއްދާ އެކެވެ. އެގޮތުން ދުވާލަކަށް އެއް މިލި ގުރާމަކީ ރަނގަޅު މިންވަރެކެވެ. ކޮޕަ ހިމެނޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި މަސް، ބަތް އަދި ބީންސް ހިމެނެ އެވެ. ހިތާއި ކަށިތައް އަދި ނާރުތަކާއި ލޭހޯލިތަކަށް އެހީތެރިވެދެ އެވެ. ފޯލިކު އެސިޑަކީ ވަރަށް މުހިއްމު ބާވަތެކެވެ. އެގޮތުން ބަލިވެއިނުމުން 600-800 މައިކުރޯ ގުރާމް އަދި އޭގެ ކުރިން 400 މައިކުރޯ ގުރާމް ބޭނުންވާ ކަމަށް ކަމާ ބެހޭ މާހިރުން ބުނެ އެވެ.

ފޯލިކް އެސިޑްގެ ސަބަބުން ކުއްޖާގެ ސިކުޑީގެ މަސައްކަތްތައް ރަނގަޅުވުމާއި ސިކުޑީގެ ފެން އުފެއްދުމަށް އެހީތެރިވެ ދިނުމުގެ އިތުރުން މައިބަދައިގެ ކަށިތަކުގެ އުނިކަމެއް އުފެދުނަ ނުދިނުމުގެ އިތުރުން ޑީއެންއޭ އުފެއްދުމަށް އެހީތެރިވެ ދިނުން ހިމެނެ އެވެ. ފޯލިކް އެސިޑް ހިމެނޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ފެހިކުލަ ގަދަ ފަތް އަދި އޮރެންޖުގެ އިތުރުން ލުނބޯ ހިމެނެ އެވެ.

އަޔޮޑިން ހިމެނޭ މާއްދާއަކީވެސް މާބަނޑު ދުވަސްވަރު މުހިއްމު އެއްޗެކެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 220 މައިކުރޯ ގުރާމް ފުދޭނޭ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. މި މާއްދާއިން ތުއްތު ކުއްޖާގެ ނާރުތައް އުފެދުމަށް އެހީތެރިވެދިނުމަށް ބާރުއަޅަ އެވެ. މި މާއްދާ ހިމެނޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި އަޔޮޑިން އެޅި ލޮނު ހިމެނެ އެވެ.

ބަނޑަށް ހަތަރުވަނަ މަހުން ފެށިގެން ދުވާލަކު 30-60 މިލިގުރާމު ކާނާގެ އިތުރުން ދަގަނޑު ހިމެނޭ ކާނާގެ ބާވަތްތައްވެސް ބޭނުންކުރަންޖެހެ އެވެ. މި ބާވަތުން ބަނޑުގައި އޮންނަ ދަރިފުޅުގެ ލޭގެ ރަތް ހަތާތައް އުފެއްދުމަށް ބާރު ލިބި އެ ހަތާތަކަށް ބޮޑުވުމަށާއި ހަކަތަ ހޯދައި ދިނުމަށް ބޭނުންވާ އޮކުސިޖަން ގެންގޮސް ދިނުން ހިމެނެ އެވެ. ކާނާގެ ތެރޭގައި ފެހިކުލަ ގަދަ ފަތް، ސްޕެނިޗް ހިމެނެ އެވެ.

ބަނޑުގައިވާ ދަރިފުޅުގެ ކައްޓާއި ދަތް އުފެއްދުމަށް އެހީތެރިވެދިނުމަށާއި ލޭގައި ހަކުރު ހެޔޮވަރުކޮށް ދިނުމުގެ އިތުރުން ހަލާކުވާ ބައިތައް ރަނގަޅު ކޮށްދިނުންމަށް ދުވާލެއްގެ މައްޗަށް 250-360 މިލިގުރާމްގެ މެގުނީޒިއަމްއަކީވެސް މުހިއްމު މާއްދާ އެކެވެ.

ޕޮޓޭސިއަމްއަކީވެސް ވަރަށް މުހިއްމު މާއްދާއެކެވެ. އެގޮތުން އަލުވި އަދި އެޕްރިކޮޓް ކާނާގެ ބާވަތްތައް ކެއުމުގައި ބޭނުންކުރެވިދާނެ އެވެ. ޔޯގަޓްގެ ބާވަތްތައް ހިމެނޭ ރައިބޯފްލެވިން ހިމެނޭ އިރު ވިޓަމިން އޭ އަދި ވިޓަމިން ބީ6، ވިޓަމިން ސީ އަދި ވިޓަމިން ޑީ ހިމެނޭ މާއްދާގެ ކާނާއަކީވެސް މާބަނޑު ދުވަސް ވަރު ކެއުމުގައި ހިމެނަން ޖެހޭ ބާވަތެކެވެ.

އެގޮތުން ގެރިމަސް، ކަނޑުމަހުގެ ބާވަތްތަކާއި، ފޭރު، އޮރެންޖު، ޓޮމާޓޯ، ސްޓޯބެރީ އަދި ދޮންކެޔޮ، އަލުވި އަދި ކުކުޅުމަހުގައި މި މާއްދާތައް އެކުލެވިގެންވެ އެވެ. އެހެންކަމުން ކެއިން ބުއިމުގައި ބަނޑުގައިވާ ދަރިފުޅަށް ފާއިދާ ހުންނަ ކެއުންތަކަށް ހާއްސަ އިސްކަމެއްދީގެން މާބަނޑު ދުވަސްވަރު އުޅުމަކީ ދަރިފުޅުގެ ސިއްހަތަށާއި ހެދި ބޮޑުވުމަށް ލިބޭ ވަރަށް ބޮޑު ބާރެއް ކަމަށް ސިއްހީ މާހިރުން ބުނެ އެވެ. އަދި ބަނޑުގައިވާ ދަރިފުޅު ބައިގެން ދިޔުން ފަދަ ކަންތައްތަކުން ސަލާމަތްވެ ހުރުމަށް ދުންފަތުގެ އިސްތިއުމާލު ކުރުމާއި އަދި ދުންފަތުގެ ބާވަތްތަކުން ދުރުހެލިވެ ތިބުމަކީވެސް ބުއްދިވެރި ކަމެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް