ads
ބިރިޓިޝް އެއާ ލައިންސް
އިންޑިޔާއިން އިނގިރޭސި ވިލާތަށް އުދުހުން ހުއްޓާލައިފި
އިނގިރޭސިވިލާތުގައި ކޮވިޑު-19 ވައިރަސްގެ އާ ސްޓްރެއިންއެއް ފެތުރެމުންދާތީ އެ ގައުމުގެ ފްލައިޓުތައް އިންޑިއާއަށް އައުން ވަގތީގޮތުން ދަތުރުކުރުމުގެ ހިތުމަތް މެދުކަނޑައިފައިފިއެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަނުން މިއަދު ބުނެފައިވާ ގޮތުގައި އިނގިރޭސިވިލާތުގައި ކޮވިޑު-19 ވައިރަސްގެ ހާލަތު އޮތް މިންވަރަށް ބަލައި މިހިނގާ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް އިންޑިއާއަށް އިނގިރޭސިވިލާތުން ފްލައިޓުތައް އައުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ. 

މި ނިންމުމަށް އަމަލުކުރަން އަންނަ ބުދަ ދުވަހު ފަށާއިރު އޭގެ ކުރިން އިނގިރޭސިވިލާތުން އަންނަ އެންމެން އެއާޕޯޓުގައި ކޮވިޑު-19 އަށް ޓެސްޓުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އައު ކޮވިޑް ވައިރަސް ފެނުމާއެކު ދުނިޔޭގެ އެކި ގައުމުތަކުން އިނގިރޭސިވިލާތާ އޮންނަ ވައިގެ ދަތުރުފަތުރުގެ ގުޅުންތައް ވަގުތީގޮތުން އަންނަނީ ކަނޑާލަމުންނެވެ. 

އިނގިރޭސިވިލާތަށް ކުރާ ވައިގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލި ގައުމުތަކުގެ ތެރޭގައި ގިނައީ ޔޫރަޕްގެ ގައުމުތަކެވެ. މީގެ ތެރޭގައި ނެދަލޭންޑްސް، ފަރަންސޭސިވިލާތް، ޖަރުމަނު، ބެލްޖިއަމް، އޮސްޓްރިޔާއާއި، އަޔަލޭންޑް، އިޓަލީއާއި އިރުމަތީ ޔޫރަޕްގެ ގައުމުތަކާއި ރަޝިއާ ހިމެނެއެވެ. 

މެދުއިރުމަތީގެ ބައެއް ގައުމުތައް ކަމަށްވާ ތުރުކީއާއި އީރާނާއި ކުވައިތާއި އިރާގާއި ސައޫދީ އާއި އުރުދުން ފަދަ ގައުމުތަކާއި އޭޝިއާ ޕެސިފިކްގެ ގައުމުތަކާއި އެފްރިކާގެ ބައެއް ގައުމުތައް ވެސް ވަނީ އިނގިރޭސިވިލާތާ އެކު އޮންނަ ވައިގެ ދަތުރުފަތުރުގެ ގުޅުންތައް ވަގުތީ ގޮތުން ކަނޑާލާފަ އެވެ. އަދި ދުނިޔޭގެ އެތައް ގައުމުތަކަކުން ވަނީ އިނގިރޭސިވިލާތައް ދަތުރު ނުކުރުމަށް އެގައުމުތަކުގެ ރައްޔިތުންނަށް ވެސް އިލްތިމާސްކޮށްފައެވެ.

ރާއްޖެއިންވެސް އިގެރޭސިވލާތާދެމެދު ކުރިޔަށްދާ ވައި ހިދުމަތްތަކަށް ވަކި ގޮތެށް ނިންމުމަށް މަޝްވަރާ ކުރަމުން ގެންދާކަމަށް ރޭގައި އެޗްފީއޭއިން ރޭ ބޭއްވި ޕްރެސްގައި ޑޮކްޓަރް ނަޒްލާ ރަފީގް ވަނީ ވިދާޅުވެފައެވެ

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް