ads
ބިރުވެރި މޫނެތް
ހަގީގީ ހާދިސާ: ލޯބިވެރިއާގެ ސިފައިގަ މެންދަމު ދިމާވި ޖިންނި
ދުނިޔެއަކީ ތޮށަލި ގުޅައެއްހެން ދުވާ އެއްޗެކޭ އެއީ އަބަދުވެސް އަހަރެން އަހާވާހަކަ އެކެވެ. ރޭނގަޑު ފަހު ދުވާލު އަދި އނދިރިކަމަކަށް ފަހު އަލިކަމެށް މިއީ އަބަދުވެސް އަޑު އިވޭ ވާހަކަ ތަކެކެވެ. ނަމަވެސް އެ ދުވާލުގެ އިންތިޒާރުގައި ހޭދަކުރާ ރޭނގަޑުގެ އަދިރިކަމުގެ ނާމާން ކަމުގެ ވާހަކަޔަކީ ވަރަށް މަދުން ނޫނީ އިވޭ ވާހަކަތަކެއް ނޫނެވެ. އަހަރެންގެ ހަޔާތުގެ އަދިރި ފަލްސަފާ އަކީ ވެސް ބިރުވެރި އަދި ނާމާން ކަމުން ފުރުގެން ދިޔަ ވާހަކައެކެވެ.
Advertisement

އެއީ މީގެ 4 އަހަރު ކުރީގެ ވާހަކަ އެކެވެ. އޭރު އަހަރެންގެ އުމުރުން ވާނީ އެންމެ 20 އަހަރެވެ. ޒުވާން ކަމުގެ އުޑުގައި އަހަރެން ދިޔައީ ގަދަޔަށް ބަބުޅަމުންނެވެ. 

އަހަރެންނަށް ލިބިފައިވާ ރީތި ސިފަޔާއި ފަން އިސްތަށިގަޑުގެ އިޝްކުގައި އެތަށް އަންހެން ކުދިން ދިޔައީ ޖެހުމުންނެވެ. ނަމަވެސް އަހަރެންގެ ސަމާލުކަން އަތުލާފައިވާ ޕަރީ އަކީ ޒަހާ އެވެ. އަހަރެން ގެ ލޯބިވެރިޔާއެވެ.

ޒަހާ އަހަރެންނަށް ވުރެ އެއް އަހަރު ހަގު ވާނެއެވެ. އޭނާ އޭރުވެސް ކިޔަވަމުންދާތީ ޒަހާގެ މައިންބަފައިން އަހަރުމެން ދެމީހުންގެ ގުޅުމަށް މަރުހަބާއެއް ނުކިޔައެވެ. ކަން މިހެން ހުރުމާއެކު އަހަރުމެން ބައްދަލު ކޮށްއުޅެނީ ގޭ މީހުންނަށް ސިއްރުން ދަންވަރު ގަޑީގައެވެ.

ކޮންމެ ރެޔަކު މެނަދަމުން އަލިވެ 2 ޖަހާއިރު އަހަރެން ޒަހާމެން ގޭ ދޮށަށް ދަމެވެ. ޒަހާ އޭނާގެ ކޮޓަރީގެ ކުޑަދޮރުން ފުންމާލއިގެން އަހަރެންނާ ބައްދަލު ކުރަން އާދެއެވެ. ކޮންމެ ރެޔަކު ރަށުގެ ދުނޑިޔަށް އަހަރުމެން ހިނގާލަން ދަމެވެ. މިހެން މިކަން ކުރާތާ 2 މަސް ވެދާނެއެވެ. މިހާރު މިކަން އާދަޔަކަށް ވެއްޖެއެވެ.

އެރޭވެސް ދަންވަރު 2 ޖެހި އިރުގައި އަހަރެން ޒަހާމެންގެ ކައިރީގައި މުގޯލި އަޅާމުން ދިޔައީމެވެ. އަހަރެންގެ ފޯނުގައި ޗާޖު ނެތުމުން ފޯނުވީ ގޭގައި ޗާޖަށް ޖަހާފައެވެ. އެހެން ކަމުން ޒަހާއަށް ގުޅޭނެ ގޮތެށްވެސްް ނެތެވެ. އެހެން ރޭރެއަށް ވުރެ މިރޭ އޭނާ ލަސްވެއްޖެއެވެ. އަތުކުރީގައި އޮތް ގަޑިއަށް އަހަރެން ބަލާލިއިރުގައި މިހާރު 3 ޖަހައިފިއެވެ. ދެން ޒަހާ ނާށްނާއޭ ހިތަށް އަރާފއި ގެޔާ ދިމާލަށްދާން އަހަރެން ހިނގައި ގަތީމެވެ.

ދެތިން ފިިޔަވަޅު ކުރިޔަށް އަޅާލެވުނު އިރަށް އަހަރެންގެ ފަހަތުން ޒަހާ ގޮވާލި އަޑު އިވުނެވެ. ފަހަތަށް އެބުރި ބަލާލިއިރު ޒަހާ ހުުރީ ވަރަށް ނަލަވެލައިގެން އަހަރެންނާ ދިމާލަށް ބަލާލައިގެން ލޯބި ގޮތަކަށް ހިނުތުން ވެގެންނެވެ. އެރީތި މޫނުގެ ޖާދޫގައި ޖެހި އަހަރެން ކުޑަކޮށް ހުއްޓުން އެރިއެވެ.

މަޑު ހިނގުމެށްގައި އަހަރެންގެ ގާތަށް ޒަހާ އައެވެ. ހިނުތުން ވެލާފައި އަހަރެންގެ އަތުގައި ހިފިއެވެ. ވަރަށް ލަސްވެއްޖެ ދޯ އެކޭ އަހަރެންގެ ކައިރީގައި އެހިއެވެ. އަހަރެން އާއެކޭ ބުނީމެވެ. މަންމަމެން ނުނިދާތީ ލަސްވީދޯއެކޭ އެހީމެވެ. ޒަހާ އާއެކޭ ބުނިއެވެ.

ތުޑިޔާދިމާލަށް ދިޔުމަށް އަހަރުމެން ދެމީހުން މިސްރާބު ޖެހީމެވެ. ގަސްތަށް ބޯ ޖަންގަލި ތެރެއިން އަހަރުމެން ދެމީހުން ދިޔައީ ތުޑިޔާ ދިމާލަށެވެ.އާމުކޮށް ވަލުންދާއިރުގައި ޒަހާ ވަރަށް ބިރު ގަންނާނެވެ. ނަމަވެސް މިރޭ އެއްވެސް ޖެހިލުމެށްނެތި އޭނާ ދިޔައީ ހިނގަމުންނެވެ.

ތުޑިޔަށް ދިޔައިރުގައި އެތަނުގައި އޮތީ ރެދަން ލާފައެވެ. އަހަރެން ކުޑަކޮށް ޖެހިލުން ވިއެވެ. އެއީ ރެދަނީ ނާމާން ކަމުގެ އަލާމާތެކޭ މަންމަމެސްކިޔާ އަޑު އަބަދުވެސް އިވޭތީއެވެ.

އަހަރެން ގެ އަތުން ދޫކޮށްލާފއި ޒަހާ ގޮސް ރެދަންތަކުގެ ތެރޭގައި ދުވަން ފެށިއެވެ. އަހަރެންނަށް ވުރެ ބިރު ގަށްނަ ޒަހާ މިރޭ ހާދަ ޖެހިލުން ކުޑައޭ އަހަރެން ހިތަށް އެރިއެވެ.

ޒަހާއާ ބައިވެރިވުމަށް އަހަރެންވެސް އޭނާ ކައިރިޔަށް ދިޔައީމެވެ. ރެދަންތަކުގެ ތެރޭގައި އަހަރުމެން ދެމީހުން ފޯރީގައި މަޖާކުރަމުން ގެންދިޔައީމެވެ. ވަރުބަލިވެގެން ހުދު ދޮންވެލި ގަނޑުގެ މަތީގައި އަރާމު ކޮށްލަން ޖައްސާލީމެވެ.

ޒަހާ ވެސް އައިސް އަހަރެން ކައިރީގައި އޮސޯތެވެ. އަހަރުމެން ދެމީހުން ދިޔައީ ތަރިތަކުގެ ދަށުގައި ލޯބީގެ އެކިއެކީ ޅެންތައް ކިޔަމުންނެވެ. ހަނދު ހެކިކޮށް އެތައް ގިނަ ވައުދުތަކެއް ވަމުންނެވެ.

މިހެން އުޅޭތާއެތައް އިރެއް ފަހުން ގެޔަށް ދިޔުމަށް އަހަރުމެން ދެމީހުން ހިނގައިގަތީމެވެ. ޒަހާ އައީ އަހަރެންގެ ފަހަތުންނެވެ. އިރުއިރު ކޮޅާ އޭނާ ކޮބާތޯ އަހަރެން ބަލަމެވެ.

ކުއްލިޔަކަށް ވަރަށް ބާރު ބޫން އަޑެށް އިވުނެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. ފަހަތަށް އެބުރި ޒަހާ ކޮބާތޯ ބަލާލިއިރު އޭނާ ފެންނާކަށް ނެތެވެ. އަހަރެން ގެ ހިތަށް ހީވީ ހޫނުފެން އެއްޗެށް އަޅާލިހެންނެވެ. ޒަހާ ކުއްލިޔަކަށް އެދިޔައީ ކޮންތާކަށް ހެއްޔެވެ. އަހަރެންނާ ސަމާސާއެއް އޭނާ ކުރަނީ ބާއެވެ. އޭނާގެ ނަމުން އަރެން ދެތިން ފަހަރަކު ގޮވާލީމެވެ. ނަމަވެސް އެއްވެސް ޖަވާބެށްނައެވެ. ދެން އިވުނު އަޑުން އަހަރެން ހޭނުނެތުނީ ކިރިޔާއެވެ.

އަންހެން ކުއްޖަކު ވަރަށް ބާރަށް ހޭއަޑު އަހަރެންނަށް އިވުނެވެ. ބިރުވެރި ނާމާން ގޮތަކަށެވެ. ފަޔަށް ލެވުނުހާ ބާރެއް ލަމުން އަހަރެން ދުވެ ގޮސް ވަލުން ނިކުތީމެވެ. އޭރުވެސް އެ ހުނުމުގެ އަޑު ވަރަށް ސާފުކޮށް އަހަރެންނަށް އިވެމުން ދިޔައެވެ.

ދިޔަގޮތަށް ގޮސް އަހަރެން ގެޔަށް ވަދެ ހަމަޖެލިލުމުގެ ނޭވާއެއްލީމެވެ. ކޮޓަރިއަށް ގޮސް ޗާޖަށް ޖަހާފައި އޮތް ފޯނު އަހަރެން ބަލާލީމެވެ. ޒަހާގެ މެސެޖްއެއް އަހަރެންނަށް ފެނުނެވެ. 2:05 ގައި އޭނާއަށް މިރޭ ބޭރަށް ނުދެވޭނެ ކަމަށް ބުނެ އޭނާ އޮތީ މެސެޖް ކޮށްފައެވެ. 

އަހަރެންގެ މުޅި އަތްފައި ފިނި ވިއެވެ. މިރޭ އެހެން ވިއްޔާ އަހަރެންނާ އެކު ތުޑިޔައް ދިޔައީ ކާކުބާއޭ އަހަރެން ހިތަށް އެރިއެވެ. ވަގުތުން އަހަރެން ޒަހާޔަށް ގުޅީމެވެ. 3 ފަހަރަށް ރިންދުވި ފަހުން އޭނާ ފޯނު ނެގިއެވެ. ހަލޯ އޭ އޭނާ ބުނިރު ނިދި އަޑު ރަނގަޅަށް ފާހަގަ ވެއެވެ. އަހަރެން އޭނާ ކައިރީގައި ސަމާސާކުރަނީހޭ ީއެހީމެވެ. ވާނުވާ ނޭގިފައި ޒަހާ އަހަރެންނާ ސުވާލުކުރަން ފެށިއެވެ.

އަހަރެން ފަހުން ކިޔަދޭނަމޭ ބުނެ ފޯނު ބޭއްވީމެވެ. ކުއްލިޔަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ ކޮޓަރީގެ ކަނެތްގައި އިން ބޮޑު ހިޔަށްޏެކެވެ. އަތުގައި އޮތް ފޯނު ދޫވެ ތަޅުންގަޑުމަށްޗަށް ވެއްޓި ތެޅުނެވެ. އަޑުގެ ނެތް ކޮޅަށް އަހަރެން ހަޅޭލަވައިގަތީމެވެ. އޭރު ވަލުތެރެއިން އިވުނު އެ އަންހެން ކުއްޖާގެ ހުނުމުގެ އަޑު ކޮޓަރި ތެރެއިން އިވެން ފެށިއެވެ.

ގޭގެ އެންމެން ދުވެފައި އަހަރެންގެ ކޮޓަރިޔަށް އައެވެ. މާބާރަށް ހަޅޭލަވަނީ ކީއްވެތޯ ސުވާލުކުރިއެވެ. އަހަރެން ރޮއިރޮއެފައި މަންމަ ކައިރީގައި ވެގެން އުޅޭގިތް ކިޔާދިނީމެވެ. އެތާ ތިބި އެންމެންގެ ލޯ ބޮޑުވެގެން ދިޔައެވެ.

އަވަހަށް ރަށުގެ ކަތީބައް ގުޅާ ގެނައެވެ. ކަތީބު އައިގޮތައް އައިސް ފެން ކިޔަވާފައި އަހަރެންނަށް ބޯންދިނެވެ. އަދި ގޭގެ ހަތަރު ފަރާތުގައި ކިޔަވާފައި ކަރުދާސް ތަކެއް ވަޅުލިއެވެ. އަދި އަހަރެން އަޅަން ތަވީދެށް ދިނެވެ. އަދި މީގެ ފަހުން ދަންވަރު ބޭރަށް ނުދިޔުމަށް ވެސް ނަސޭހަތް ތެރިވިއެވެ. ޒަހާ ކައިރީގަވެސް މި ވާހަކަތަށް ދެށްކުމަށް އާދަންބެ ނަސޭހަތް ތެރި ވިއެވެ.

އެނަސޭހަތުގައި ހިފައިގެން އަހަރެން އަމަލުކުރުމުން ދުވަސް ކޮޅެށް ފަހުން ހުރިހާ ކެމެށް ރަނގަޅުވެ. އާންމު ދިރިއުޅުމުގެ ހާލަތަށް އަހަންނަށް ރުޖޫއަ ވެވުނެވެ. ނަމަވެސް އެ ނާމާން ރޭގެ މަތިން އަހަރެން ދުވަހަކުވެސް ހަދާނެތް ނުނެތޭނެވެ.

52%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
12%
ސަތޭކައަކުން ސުމެއް
32%
ވަރަށް ސަލާމް
ކޮމެންޓްސް