ރަކީދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 64 ޕަސަންޓު މަސައްކަތް ނިމިފައިވާ އިރު، އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ އާ ގޮނޑުދޮށް ސަރަހައްދުގެ ނެރު ފުންކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެ އެވެ.
އެ މަޝްރޫއުގެ ދަށުން 5،554 ކިއުބިކް މީޓަރުގެ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދު ފުންކުރުމާއި، މިހާރު ބޭނުންކުރަމުންދާ ނެރުގެ 100 ކިއުބިކް މީޓަރު ފުންކުރުމާއި، 156 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 74 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 594 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ފަދަ މަސައްކަތްތައް ކުރާނެ އެވެ.
18.5 މިލިއަން ރުފިޔާ އަށް އެމްޓީސީސީ އަށް ޕްލޭނިން މިނިސްޓްރީން ހަވާލުކުރި އެ މަޝްރޫއު މޮބިލައިޒްކޮށްފައި ވަނީ މި އަހަރުގެ ޖޫން އަށްވަނަ ދުވަހުގައި އެވެ.