ads
އިބްރާހީމް ޝުޖާއު--
މުޅި ދުނިޔެވެސް މިސަރުކާރަށް މަލާމަތްކުރޭ: ޝުޖާއު
ދުނިޔޭގެ ޑިމޮކްރަޓިކް ނިޒާމު ތަންފީޒު ކުރަމުންދާ ގައުމުތަކުން މިސަރުކާރަށް މަލާމާތް ކުރާ ކަމަށާއި، މުޅި ސައުތް އީސްޓް އޭޝިއާ ގައިވެސް ކޮވިޑާއި ހުރެ ސަލާމަތް ނުވެވިގެން، ހުރިހާ ކަމެއްގައި ކޮވިޑު ބަހަނާއަކަށް އަޅުވައިގެން ސަރުކާރެއް ހިންގަނީ މި ދިވެހިރާއްޖޭގައި އެކަނި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ސުޖާއު ވިދާޅުވެއްޖެއެވެ.
Advertisement

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންއިން ކުރިއަށްހުރި ސިޔާސީ ހަރަކާތްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްވަމުން ސުޖާއު ވަނީ، ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނެ ކަމާއި މެދު ސުވާލު އުފައްދަވާފައެވެ. 

އެގޮތުން ސުޖާއު ވަނީ، ކޮވިޑު ބަހަނާއަކަށް ހަދައިގެން ލޯކަލް ކައުންސިލް އިންތިހާބު ނުބާއްވާ އޮތްއިރު، ފުޓުބޯޅަ ދަނޑު ހުޅުވާލެވިއްޖެ ކަމަށާއި، ސުކޫލުތައް ހުޅުވާލުމަށް މިނިސްޓްރީން އެކި މީޓިންތައްވެސް ބާއްވަމުން އަންނަކަމަށް ވިދާޅުވެ ސަރުކާރާއި އިލެކްޝަން ކޮމިޝަނަށް ފާޑުވިދާޅުވެފައެވެ. އަދި އިންތިހާބު ބާއްވަން އިލެކްޝަން ކޮމިޝަނަށް އިއުލާން ނުކުރެވިގެން އުޅެނީ ސަރުކާރުން އެހުއްދަ ނުދީގެންކަމަށް ތުހުމަތު ކުރައްވައި ޝުޖާއި ވިދާޅުވީ، ދިވެހި ރައްޔިތުންގެ ހައްގަށްޓަކައި އިންތިހާބު އޮންނާނެކަން ކަށަވަރު ކޮށްދޭން ޖެހޭކަމަށެވެ. 

މީގެއިތުރުން ޝުޖާއު ވަނީ އިލެކްޝަން މިނިވަން ނޫން ކަމަށް ތުހުމަތުކޮށް ދައްކަވާ ވާހަކަ ތަކުރާރު ކުރައްވާފައެވެ. އެގޮތުން ޝުޖާއު ވަނީ، އެކޮމިޝަންގެ ރައިސް ޝަރީފް، ރައީސް އޮފީހުގައި މެންދުރުގެ ނާސްތާ ކުރައްވަން އިންނަވާކަމަށް ތުހުމަތު ކުރައްވާފައެވެ. ޝުޖާއު ވިދާޅުވީ، އިދިކޮޅުން އިލެކްޝަން ކޮމިޝަންގެ ރައީސް އަށް އިތުބާރު ނުކުރާ ކަމަށާއި، ބަހަނާތައް ނުދައްކަވަނައި އިންތިހާބު ބާއްވާނީތޯ ނުވަތަ ނޫންތޯ ރައްޔިތުންނަށް ކަށަވަރު ކޮށްދޭންޖެހޭ ކަމަށެވެ. 

އިތުރަށް ވާހަކަ ދައްކަވަމުން ސުޖާއު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުން މިސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކުރާނެ ކަމަށެވެ. އަދި އިންތިހާބު ބާއްވާނެތޯ ސުވާލު އުފައްދަވައި ޝުޖާއު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބައިގެން އުޅެނީ އިދިކޮޅުން އެކަނި ކަމަށާއި، އެމްޑީޕީން އުޅެނީ އެތެރޭގެ ބައިބައިވުން އުފެދި އެޕާޓީގެ ގައުމީ މަޖިލީހުގެ ކެމްޕޭނުގައި ކަމަށެވެ. 

އިދިކޮޅު ކޯލިޝަން އިން އަންނަނީ "ވިސްނާ" ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ބޮޑު ހަރަކާތެއް ބާއްވަން ތައްޔާރުވަމުންނެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް