ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް--- ފޮޓޯ: ސީއެންއެމް
ކޮވިޑު ގެ ރަނގަބީލު ދުނިޔޭގައި ދަނީ ގަދަވަމުން: ޑރ މައުސޫމް
ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ރަނގަބީލު ދުނިޔޭގައި އަދިވެސް ދަނީ ގަދަވަމުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ އަބްދުލްﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
Advertisement

ޓޫއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ރާއްޖޭގައި ކޮވިޑް 19 އަށް ޕޮޒިޓިވްވާ މީހުން މަދުވަމުން ދާތީ އެކަން ފާހަގަކުރައްވަމުން ކުރެށްވި ޓްއީޓެއްގައި ވަނީ ދުނިޔެ ސިއްސުވާލި ކޮވިޑުގެ ރަނގަބީލުގެ އަޑު ރާއްޖެއިން މަޑުވާތީ އުފާކޮށް މާތްﷲ އަށް ހަމްދުކުރައްވާ ކަމަށެވެ. 

އެހެންނަމަ ވެސް މި ރަނގަބީލުގެ އަޑު އަދި ނުކެނޑޭ ކަމަށާއި، ދުނިޔޭގެ ބައެއް ސަރަހައްދުތަކުގައި މި ރަނގަބީލުގެ އަޑު ގަދަވަމުންދާކަމަށް ޑރ. މައުސޫމް ވަނީ ވިދާޅުވެފައެވެ. އަދި އެކަމަށް ސަމާލުވުމަށް ޑރ. މައުސޫމް ވަނީ އިލްތިމާޒްވެސްކުރަށްވާފަ އެވެ.

ރާއްޖެއަށް ކޮވިޑް 19 ގެ ވިލާގަޑު މާޗްމަހުގައި ރާއްޖެއަށް އައިސް ފައިވާއިރު އޭރު އެތަށް ބަޔަކު ދިޔައީ ދުވާލާއި ރޭގަނޑު ޕޮޒިޓިވް ވަމުންނެެވެ. ނަމަވެސް ރައްޖޭގެ މިއަދުގެ ހާލަތަށް ބަލާއިރު ފެނިގެންދަނީ، މި ބައްޔަށް އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދު، ބަލިން ފަސޭހަވާ މީހުންގެ އަދަދަށްވުރެ މަދު ތަނެވެ. އެގޮތުން އެންމެ ފަހުގެ އަޕްޑޭޓްތަކަށް ބަލާއިރުވެސް މި ބައްޔަށް އަލަށް ޕޮޒިޓިވްވެފައިވަނީ 8 މީހުންނެވެ. ބަލިން ފަސޭހަވެފައިވަނީ 34 މީހުންނެވެ. މިއީ މީގެ ހައެއްކަ މަސްކުރިން ސަތޭކައިން މަތީގައި އުޅުނު އަދަދުތަކެކެވެ. 

ރާއްޖޭއިން ކޮވިޑް 19 އިން މި ކާމިޔާބީ ހޯދައިފައި ވީނަމަވެސް އިގެރޭސި ވިލާތުގައި މިހާރު ދަނީ ކޮވިޑް ގެ އާ ސްޓްރެއިން އެއް ހަލުވި ކަމާއެކު ފެތުރެމުންނެވެ. މި ސަބަބާހުރެ ގިނަ ގައުމުތަކުންތަކީ ޔޫކޭ އާއި ދެމެދު ވައިގެ ގުޅުން ވަގުތީގޮތުން މެދު ކަޑާލާފައެވެ.

ރާއްޖެއިން އަދިވެސް އިގެރޭސި ވިލާތާ ދެމެދު ވައިގެ ދަތުރުތަކަށް ވަކި ގޮތެށް ނިންމާފައި ނުވާއިރު ގިނަ އަދަދެށްގެ ފަތުރުވެރިން ދަނީ ދުވާހަކު ރާއްޖެ ޒިޔާރަތް ކުރަމުންނެވެ. އެހެންކަމުން ކޮރޯނާ ގެ މި އާބާވަތް ރާއްޖެ އައުމަކީ ހަމަ އެކަށީގެން ވދާނެކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް