
މާލޭގައި ތޮއްޖެހިގެން ކޮންކުރީޓު ތަކެއްގެ ތެރޭގައި ދިރިއުޅެމުން ދިޔަ ގިނަ އަދަދެއްގެ ރައްޔިތުން ރެދަން ބަލަން ހުޅުމާލޭ އިރުމަތީ ބީޗް ސަރަހައްދަށް ކޮންމެ ރެއަކު ވެސް ދެއެވެ.
ރެދަނުގެ ވާހަކަ މީޑިއާއަށް އައުމާއެކު އެކަަމަށް އޮތް ސަމާލުކަން އިތުރަށް ބޮޑުވިއެވެ.
ކަން މިހެން އޮއްވާ ރާއްޖޭގެ ބޮޑުބަޔަކަށް ހޯމަ ދުވަހުން ފެށިގެން އަންނަނީ ވާރޭ ވެހެމުންނެވެ.
ވާރޭކޮޅެއް ވެހިލާއިރަށް ރާއްޖޭގެ ވެރިރަށް މާލޭގެ މަގުތަކުގައި ފެން ބޮޑުވެއެވެ. ކޮންމެ އަހަރަކު މަދުވެގެން 10 މިލިއަން ރުފިޔާ މާލޭގެ މަގުތައް މަރާމާތުކުރަން ހަރަދު ކުރި ނަމަވެސް، އެކަން ހައްލެއް ނުވިއެވެ.
މިގޮތުން ރޭވެސް މާލެއަށް ވާރޭ ވެހި ވަނީ ފެން ބޮޑުވެފައެވެ. ފެން ބޮޑުވުމާއެކު ބައެއް މީހުން އަންނީ މަލާމަތް ކުރުމުގެ ގޮތުން މާލޭ މަގުމަތީގައި ވެސް "ރެދަންލާން" ފަށައިފިކަމަށް ބުނަމުންނެވެ.
އެމީހުން ރެދަންލާކަމަށް އެ ބުނަނީ މާލޭގައި ބޮޑުވާ ފެންގަނަޑަށް ފާޑު ކިއުންކަމަށް ބެލެވެއެވެ.
ބައެއް މީހުން ބުނާގޮތުން އެމީހުންގެ ފާހާނަ ތަށީގައި ވެސް އަންނަނީ ރެދަން ލަމުންނެވެ.
މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް މިހާރު ސިޓީކައުންސިލުން އަންނަނީ ކުރަމުންނެވެ. އެގޮތުން ކަނބާއައިސާރަނި ހިގުމުގެ ހުޅަނގު އުތުރު ބައިވެސް މިހާރު އަންނީ މަރާމާތު ކުރަމުންވެ. އަދި ކަށިމާ ހިނގުން ވެސް ވަނީ ހަދާފައެެވެ. ނަމަވެސް އަލަށް ހެދި ބައެއް މަގުތަކުގައި ވެސް ފެން ބޮޑުވާކަމުގެ ޝަކުވާ އެބައޮތެވެ.