ads
ކުރީގެ ޕީޖީ މުހުތާޒް މުހުސިން--
މަސްވެރިންނަށް ބީރު ކަންފަތެއް ދިނުމަކީ ދެރަވަރު ކަމެއް: މުހުތާޒް
މަސްވެރިންގެ ޝަކުވާތަކަށް ބީރު ކަންފަތެއް ދިނުމަކީ ދެރަވަރު ކަމެއް ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް ތަންފީޒު ކޮށްދެއްވުމަކީ ވަޒީރުގެ ޒިންމާއެއް ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުއަށް ފާޑުވިދާޅުވެ ކުރީގެ ޕީޖީ މުހުތާޒް ޓްވީޓެއް ކުރައްވާފައި މިވަނީ، މަސްވެރިންގެ ޝަކުވާތައް ބޮޑުގެ ފެލިވަރުގައި ގިނަ މަސްވެރިންތަކެއް މިއަދު މުޒާހަރާ ކޮށްފައިވާ ދަނޑިވަޅެއްގައެވެ. 

މުހުތާޒް ވިދާޅުވީ، މަސްވެރިންގެ ކަންބޮޑުވުންތަކަކީ ސިޔާސީކަމެއްގެ ގޮތުގައި މަސްވެރިކަމާއިބެހޭ ވަޒީރު ސިފަކުރައްވައިގެންނުވާނެ ކަމަށައި، މަސްވެރިންގެ ކަންބޮޑުވުންތައް ތޯތޯކަމެއްގެ ގޮތުގައި ދެކި މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރުކަންފަތް ދިނުމަކީ ދެރަވަރުކަމެއް ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް ތަންފީޒު ކޮށްދެއްވުމަކީ ވަޒީރުގެ ޒިންމާއެއް ކަމަށް މުހުތަޒު ވިދާޅުވިއެވެ. 

ފެލިވަރުގައި މަސްވެރިން ކުރަމުން އަންނަ އިހުތިޖާޖުގައި މަސްވެރިން އަންނަނީ ފަސް ކަމަށް ޑިމާޑް ކުރަމުންނެވެ. އެއީ މަހުގެ އަގު 20 ރުފިޔާއަށްވުރެ ދައް ނުވާވަރަށް ދެމެހެއްޓުމާއި، ފެލިވަރުން މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެގޮތް ހަމަޖައްސައި ދިނުމަށާއި، މިފްކޯގެ ބެލުމުގެ ދަށަށް ށ އަތޮޅު ކީކިމިިނި ގެނެސް އެރަށް ބޭނުންކުރެވޭނެ ހާލަތަށް ގެނައުމަށާއި، ދުވަހުން ދުވަހަށް މަސް ކިރޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އެދި ކުރަމުންދާ ޑިމާންޑް ތަކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް