އެކަން ހާމަކޮށް ރަކުލް ބުނީ މިހާރު އޭނާ ވަނީ އަމިއްލައަށް ކަރަންޓީނުވެފައި ކަމަށެވެ. އަދި ހާލު ރަނގަޅުކަމަަށާއި އުއްްމީދަކީ އަނބުރާ ޝޫޓިންތަކަށް ވަރަށް އަވަހަށް ދެވުން ކަމަށެވެ.
ރަކުލް ވަނީ އޭނާއާ ބައްދަލުވި މީހުން ވެސް ކޮވިޑަށް ޓެސްޓްކުރުމަށް އެދިފަ އެވެ.
މީގެ މަހެއްހާ ދުވަސްކުރިން ރަކުލް ވަނީ އޭނާގެ މައިންބަފައިންނާއި ބޭބެއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ. ޕޮޒިޓިވްވެފައި މިވަނީ އޭނާގެ ކުރިއަށް އޮތް މަސައްކަތްތަކުގައި އުޅެނިކޮށެވެ.
މީގެ ކުރިން ވެސް ބޮލީވުޑުގެ ބައެއް މަޝްހޫރު ތަރިން ކަމަށްވާ މަލައިކާ އަރޯރާ އާއި އައިޝްވާރިޔާ ރާއީ އަދި އަމީތާބް ބައްޗަން އާއި އަރްޖުން ކަޕޫރު ފަދަ ތަރިންނަަށް ކޮވިޑް ޖެހުނެވެ. އެކަމަކު އެ ތަރިން މިހާރު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
އުމުރުން 30 އަހަރުގެ ރަކުލް އަކީ ތަމަޅަ ފިލްމު އިންޑަސްޓްރީގައި ފިޔަޖަހަމުން އަންނަ ފަންނާނެކެވެ. އަދި މިފަހުން ބޮލީވުޑުގައި ވެސް މަސައްކަތްކޮށްފައިވާއިރު އޭނާ ވަނީ ކާމިޔާބު ފިލްމު "ދޭ ދޭ ޕިޔާރް ދޭ" ގައި މަަސައްކަތްކޮށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދާފަ އެވެ.