ޝާހްރުކް ހާންގެ އަންހެން ދަރިފުޅު ސުހާނާ ހާންގެ ފުރަތަމަ ފިލްމު ނެރެފިއެވެ.

Advertisement
ޝާހްރުކް ހާންގެ އަންހެން ދަރިފުޅު ސުހާނާ ހާންގެ ފުރަތަމަ ފިލްމު ނެރެފި އެވެ.
10 މިނެޓުގެ ކުރު މިފިލްމަކީ "ދަ ގްރޭ ޕާޓް އޮފް ބުލޫ" ކިޔާ ފިލްމެކެވެ.
މިފިލްމުގެ ވާހަކަ ލިޔެ އަދި ޑައިރެކްޓުކޮށްފައިވަނީ ތެއޮޑޯރް ގެމިނޯ އެވެ. މި ކުރު ފިލްމުގައި ސުހާނާ ފެނިގެންދަނީ ލީޑު ރީލުންނެވެ.
ގިނަ ބަޔަކަށް ސުހާނާގެ އެކްޓިން ކަމުދިޔަ ނަމަވެސް އެކްޓިންގެ ހުނަރު ދައްކާލަން މި ފިލްމު އަދި ކުރު ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އުމުރުން 19 އަހަރުގެ ސުހާނާ ވަނީ މަޝްހޫރު މެގަޒިން ވޮގް އިންޑިއާގެ ކަވާ އިން ވެސް ފެނިފަ އެވެ.
ޝާހު ބުނީ ސުހާނާ ބޭނުންވަނީ އެކްޓު ކުރަން ކަމަށާއި ތިން އަހަރުގެ ތެރޭގައި ރަނގަޅު އެކްޓަރަކަށް އޭނާ ވާނެ ކަމަށެވެ.
ސުހާނާއަކީ "ސްޓާ ކިޑުން"ގެ ތެރެއިން މީޑިއާ އާއި އާންމުންގެ ސަމާލުކަން އެންމެ ބޮޑަށް ލިބޭ އެއް ކުއްޖެކެވެ.