ads
ބްރިޓިޝް އެއާ ލައިންސް
ލަންކާއިން ވެސް އިނގިރޭސި ވިލާތައް އުދުހުން ހުއްޓާލައިފި
ލަންކާއިންވެސް އިގެރޭސިވިލާތާ ދެމެދު ވައިގެ ހިތުމަތްތަށް ރޭ ވަނީ މެދުގަނޑާލައިފައެވެ.
Advertisement

ކޮވިޑް 19 ވައިރަހުގެ އާ ވައްތަރެއް ޔޫކޭ އިން ފެނިފައިވާ ކަމަށް އެގައުމުން ހާމަކުރުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްރީލަންކާއިން ޔޫކޭއާ ދެމެދު ވައިގެ ދަތުރު ކުރުން ހުއްޓާލާފައެވެ.

ލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފައިވަނީ ރެއިން ފެށިގެން އެގައުމަށް ޔޫކޭގެ ފްލައިޓު އައުން ހުއްޓާލައިފައިވާކަމަށެވެ. އަދި އެގައުމުގެ ރަތްޔިތުންނަށް ޔޫކޭއަށް ނުދިއުމަށް ވެސް ލަންކާ ސަރުކާރުން ވަނީ އިލްތިމާޒް ކުރަށް ވާފައެވެ.

ލަންކާގެ އިތުރުން އަވަށްޓެރި އިންޑިއާ ވެސް ވަނީ އިގެރޭސި ވިލާތާ މެދެދު ކުރަމުންދާ ވައިގެ ދަތުރުތަށް ވަގުތީ ގޮތުން މެދު ކަޑާލާފައެވެ. އަދި ޔޫކޭއިން އަންނަ ހުރިހާ ފްލައިޓެއް މިއަހަރުގެ ނިޔަލަށް ސަސްޕެންޑު ކުރުމަށް ވެސް އިންޑިއާއިން ވަނީ ނިންމައިފައެވެ. 

ރާއްޖޭގައި އަދިވެސް މިކަމާމެދު ފިޔަވަޅެށް އެޅުމަށް މަޝްވަރާ ކުރެވެމުންދާކަމަށް ކުރިން ރެޔެށްގެ ޕްރެސްގައި ޑރ ނަޒްލާ ރަފީގް ވަނީ ވިދާޅުވެފައައެވެ.

މިހާތަނަށް ޔޫކޭއިން އަންނަ ފްލައިޓުތައް މަނާކޮށްފައިވާ ގައުމުތަކަށް ބަލާއިރު ޔޫރަޕުގެ ގިނަ ގައުމުތައް ހިމެނެއެވެ. މީގެ އިތުރުން މެދުއިރުމަތީގެ ގައުމުތަކާއި އޭޝިއާގެ ބައެއް ގައުމުތަކުންވެސް ޔޫކޭއިން އަންނަ ފްލައިޓުތައް ޖެއްސުން ވަނީ މަނާކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް