ads
ހިޔާ ފްލެޓްތައް--
ފްލެޓްގެ ދާއިމީ ލިސްޓު ނެރުން ހުއްޓުވަން އޭސީސީއަށް!
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދުނު މީހުންގެ ތެރެއިން ފްލެޓް ލިބުނު މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު ވެސް ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން މިންގަނޑު ފްލެޓް ކޮމިޓީން އާންމުކޮށްފައި ނުވާތީ ހިޔާ ފްލެޓްގެ ދާއިމީ ލިސްޓު ނެރުން ހުއްޓުވައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

އޭސީސީގެ ރައީސް މަރިޔަމް ޝިއާނަށް ފޮނުވި ސިޓީ އާއްމުންގެ އެކުވެރި ގުޅުމުން އާންމުކޮށްފައިވާއިރު އޭގައި ބުނީ ލިބުނު ފްލެޓު ގެއްލިފައިވަނީ މައިގަނޑު ގޮތެއްގައި ދިރިއުޅުމުގެ ހާލަތަށް ރިއާޔަތްކޮށް ލިބުނު ޕޮއިންޓް މަދުވުމުގެ ސަބަބުން ކަމަށާއި އެކަމާއި މެދު ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރުވެސް ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން މިންގަނޑު ފްލެޓް ކޮމިޓީން އާއްމުނުކުރާ ކަމަށެވެ. 

އެ މިންގަނޑު އިއުލާން ކުރިއިރު، ޝަކުވާ ހުށަހަޅަން ދިން މުއްދަތު ހަމަވެފައިވާކަން ފާހަގަކޮށް އެ ސިޓީގައި ބުނީ ދިރިއުޅުމުގެ ހާލަތަށް ރިއާޔަތްކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށާއި ފްލެޓު ކޮމިޓީން ވަނީ، މިހިނގާ ޑިސެމްބަރު މަސްތެރޭގައި ފައިނަލް ލިސްޓު ނެރޭނެކަމަށް ވެސް ބުނެފައި ކަމަށެވެ. 

your imageހިޔާ ފްލެޓުގެ ބަދިގޭގައި އިން ސިންކް--

ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުދީ، ފައިނަލް ލިސްޓު ނެރެފިނަމަ، އިޔާދަ ނުކުރެވޭނެ ގެއްލުމެއް ލިބޭނެ ކަމަށާއި އަދި ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން މިންގަނޑު އާންމު ނުކުރީ ވަކި ބަޔަކަށް ނާޖާއިޒު މަންފާވާނެ ގޮތަކަށް އަމަލުކުރަންކަމަށް ގަބޫލު ކުރެވޭތީ އެ މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދޭ ކަމަށް ބުނެފައިވެ އެވެ. 

"އަދި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ ދަށުން ތިޔަ ކޮމިޝަނަށް ލިބިދޭ ބާރުގެ ދަށުން މި މައްސަލަ ތަހުގީގުކޮށް ވަކިގޮތެއް ނިންމެންދެން ދާއިމީ ލިސްޓު އާންމުކުރުން ހުއްޓުވައި ދިނުމަށް އެދެމެވެ،" އެ ސިޓީގައި ބުނެ އެވެ. 

ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީ) އިން ފްލެޓް އެޅުމުގެ މަސައްކަތްކުރަމުން އަންނައިރު އެއީ 434 މިލިއަން ޑޮލަރުގެ މަޝްރޫއުއެކެވެ. 

މި މަސް ނިމުމުގެ ކުރިން ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އިއުލާންކުރެވޭނެތޯ ބެލުމުގެ މަސައްކަތް ފްލެޓް ކޮމިޓީން ކުރަމުން އަންނައިރު ފްލެޓް ކޮމިޓީން މިހާރު ވަނީ ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ ކުރި ފްލެޓްތަކުގެ ވަގުތީ ލިސްޓް ފިޔަވައި ހުރިހާ ކެޓަގަރީއެއްގެ ލިސްޓު އާންމުކޮށްފަ އެވެ. 

މިފަހުން ވަނީ ދިރިއުޅުމުގެ ހާލަތު ބަޔަކަށް ޕޮއިންޓް ދިން ގޮތާއި މެދު ސޯޝަލް މީޑިއާގައި ދެބަސްވުން ބޮޑުވެ، ޕޮއިންޓްދިން ގޮތުގެ އުސޫލު ވެސް އާންމުކޮށްފަ އެވެ. 

your imageހިޔާ މަޝްރޫއުގެ ދަށުން އެޅި ދެކޮޓަރީގެ އެޕާޓްމަންޓް-- ފޮޓޯ: ސީއެންއެމް 

އެގޮތުން ދިރިއުޅުމުގެ ހާލަތުގެ ބަޔަށް އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ޕޮއިންޓް ދިނުމަށް ހާއްސަ މިންގަނޑެއް އެކުލަވާލާފައި ވަނީ، ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީ ފަންނީ ލަފަޔާއެކު ކަމަށް ފްލެޓް ކޮމިޓީން ބުނެއެވެ.

އެ ކޮމިޓީން ބުނީ ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް އެކުލަވައިލާފައިވާ މިންގަނޑުގައި ހިމެނޭ މައުލޫމާތު ކުރިން ހާމަކޮށްފައި ނުވަނީ، އެ މައުލޫމާތަކީ ކުރިން ހާމަކޮށްފިނަމަ، އެންމެ އިންސާފުވެރިކަމާއެކު ޕޮއިންޓް ދިނުމަށް ހުރަސްއެޅޭނެ މައުލޫމާތެއްކަމަށް ކޮމިޓީއަށް ފެންނާތީ ކަމަށެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް