ނާސިރާ އަވަހާރަވީ އުމުރުފުޅުން 76 އަހަރުގަ އެވެ. ނާސިރާގެ މައްޗަށް ކުރާ ކަށުނަމާދު އޮތީ މިއަދު މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.
ނާސިރާ އާއި އިލިޔާސް އަށް ބޭފުޅަކު ލިބިވަޑައެއް ނުގަންނަވައެވެ. އަދި އޭގެ ފަހުން ވެސް ނާސިރާއަށް ބޭފުޅަކު ލިބި ވަޑައި ނުގަންނަވައެވެ.
ކޮންމެ ވެސް ވަރެއްގެ އާލާސްކަންފުޅެއްގައި އުޅުއްވުމަށް ފަހު ނާސިރާ އަވަހާރަވި އިރު ވަރަށް ފަހުން ވަނީ ކޮލިގޭ ބޭފުޅެެއްކަމަށްވާ ޑރ. އިބްރާހީމް އުމަރު މަނިކު ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭ ފަތިހު އަވަހާރަވެފަ އެވެ.
ޑރ. އިބްރާހީމް އުމަރު މަނިކް އަވަހާރަވީ ސިންގަޕޫރުގައި ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އުމުރުފުޅުން 68 އަހަރުގައި އަވަހާރަވިއިރު ޑރ. އިބްރާހީމް އުމަރު މަނިކަކީ ރާއްޖޭގެ އެންމެ ފުރަތަމަ ހޭނައްތާ ޑޮކްޓަރެވެ.